twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ފުއްޓަރުގައި ހުރި ބޮޑެތި ކަނދު ގަސްތަކެއް ކަނޑަނީ !

Jan 21, 2019

ކުޅުދުއްފުށީ ފުއްޓަރުގައި ހުރި ބޮޑެތި ކަނދުގަސްތަކެއް ބަޔަކު ކަނޑާތީ އެސަރަހައްދުގައި ދިރިއުޅޭ ބައެއް ރައްޔިތުން ކަންބޮޑުވެއްޖެ އެވެ.

ކުޅުދުއްފުށީ “އާމަގު” ނަމަކަށް ކިޔާ ސަރަހައްދުގެ ފުއްޓަރުގައި ހުރި ބޮޑު ދެ ކަނދު ގަހެއް މި މަސް ތެރޭގައި ވަނީ ކަނޑާލާ ވައްޓާލާފަ އެވެ.

އެ ސަރަހައްދުގައި އުޅޭ ރައްޔިތަކު ބުނީ މޫދާ އެހާ ކައިރިގައި ހުރި އެފަދަ ބޮޑެތި ގަސްތައް ކެނޑުމުން، ފަސްގަނޑު ދޫވެ ގިރުމުގެ ނުރައްކާ އިތުރުވާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންވެ މިމައްސަލަ ކައުންސިލަރުންނަށް ރިޕޯޓްކޮށްފައިވާކަމަށް އެމީހާ ބުންޏެވެ.

ބައެއް މީހުން މައުލޫމާތުދިން ގޮތުގައި ކަނދު ގަސްތައް ކަނޑަނީ އެ ގަސްތަކުގެ ވެރިން ބަޔަކަށް އެވިއްކާލުމުން ކަމަށެވެ. ލަކުޑީގެ ބޭނުމުގައި ކަމަށްވެ އެވެ. ނަމަވެސް އެހާ ދުވަސްވެފައިވާ ހުރި ގަސްތަކެއްގެ ވެރިން މިހާރު ދިރިއުޅޭނެ ބާވައޭވެސް ބައެއް ރައްޔިތުން ސުވާލުކުރި އެވެ. އެސަރަހައްދުގައި ބޮޑު ދެ ތިން ކަނދު ގަހެއް އަދި ނުކަނޑަ އެބަހުރިކަމަށް އެމީހާ ބުންޏެވެ.

ފުއްޓަރުގައި ހުރި ބޮޑު ކަނދު ގަހެއް ކަނޑާލައިފަ–

” ދެން ބަޔަކު ގަސްތަކެއް ވިޔަސް އެހާ މޫދާ ކައިރިގައި ހުރި އެފަދަ ގަސްތަކެއް ކެނޑިގެން ނުވާނެ. ރަށުގެ ވެރިން އެކަންކަން ބަލަން ޖެހޭނެ.” ހިތްހަމަނުޖެހިފައި ހުރެގެން މީހަކު ބުންޏެވެ.

ކުޅުދުއްފުށީގެ ފުއްޓަރު ފަރާތްތަކީ ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ސަރަހައްދެކެވެ. އެސަރަހައްދުގެ ވެލިގަނޑުގެ ރަށުގެ އެހެން ސަރަހައްދުތަކަށްވުރެ ކުންޑުލާފައި އުސްކޮށް ހުރުމުގެ ސަބަބުން އިރުވާ މޫސުމުގައި ކަނޑު އަންނަ ބިޔަ ބާނިތައް ރަށުގެ ތެރެއަށް ވަދެ ނުދީ ހިފަހައްޓަ އެވެ.

ފުއްޓަރުގައި ހުރި ބޮޑު ކަނދު ގަހެއް ކަނޑާލައިފަ–

ނަމަވެސް ފާއިތުވި ދުވަސްތަކުގައި ފުއްޓަރު ފަރާތުން ވެއްޔާއި އަކިރި ފަދަ ތަކެތި ނެގުމާއި ހޭޅިފަށުގައި ހުރި ގަސްތައް ކެނޑުމުގެ ސަބަބުން ގިރުން ވަނީ އިތުރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355