twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަތޮޅު ބާރުވެރިކުރުވާ، ސަރަހައްދީ ތަރައްގީ ހޯދައިދިނުމަށް ސަގީފް މަޖިލީހަށް ކުރިމަތިލައްވަނީ

Jan 21, 2019

ހދ އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ހުސެއިން ސަގީފް އަންނަ މަޖިލިސް އިންތިހާބުގައި ހދ ވައިކަރަދޫ ދާއިރާއަށް ކުރިމަތިލުމަށް ނިންމާ އެކަން މިއަދު ހާމަކުރައްވައިފި އެވެ.

ސަގީފް ފާހަގަކުރެވިފައިވަނީ އަތޮޅުގެ ބާރުވެރިކަން ހޯދައިދީ ރީޖަނަލް ތަރައްގީއަށް މަސައްކަތްކުރައްވަމުންދާ އަދި އެކަމަށް އަޑުއުފުލަމުންދާ ފަރާތެއްގެ ގޮތުގަ އެވެ.

މަޖިލީހަށް ކުރިމަތިލި ސަބަބު ހާމަކޮށްދެއްވަމުން ސަގީފް ކޭއޯއަށް ވިދާޅުވީ ރާއްޖޭގެ އެހެން އަތޮޅުތަކާ އަޅައި ބަލާއިރު ނިސްބަތުން ހދ އަތޮޅު އުޅެނީ ސިޔާސީ ގޮތުން  ވަރަށް ފަހަތުގައިކަމަށާއި މިނުކުުތީ އެކަން ބަދަލުކުރުމަށް ކަމަށެވެ.

ސިޔާސީ ގޮތުން ބާރުވެރި އަތޮޅަކަށް ވެވޭނީ އަތޮޅަކަށް ނިސްބަތްވާ އެއް ފިކުރެއްގެ ބަޔަކު މަޖިލީހަށް އިންތިހާބުވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ވައިކަރަދޫއަށް އުފަން ސަގީފް ވިދާޅުވީ އަދާލަތު ޕާޓީގެ ފަރާތުން މަޖިލީހަށް ވާދަކުރަން ނިންމީ އެޕާޓީއަކީ އެންމެ ރަނގަޅު ޗޮއިސްކަން ގަބޫލުކުރައްވާތީ ކަމަށެވެ.

ވައިކަރަދޫ ދާއިރާއަކީ އަދާލަތު ޕާޓީގެ ތާއިދު ބޮޑު ދާއިރާއެއްކަން ފާހަގަކުރައްވަމުން ސަގީފް ވިދާޅުވީ އަދާލަތު ޕާޓީއަކީ ކޯލިޝަން މި ސަރުކާރުގެވެސް ވަރަށް ވަރުގަދަ ޕާޓީއެއް ކަމަށާއި ސިޔާސީ ގޮތުން އަދާލަތު ޕާޓީއަކީ ކުރިމަގުވެސް އޮތް ޕާޓީއެއްކަމަށް އޭނާ ވިދާޅުވި އެވެ.

ސަގީފް މަޖީލިހަށް ވާދަކުރައްވާނެކަން ހާމަކޮށްފައިވާއިރު އޭނާ ނިކުމެވަޑައިގަންނަވަނީ “ތިލަދުންމަތީގެ ފިކުރު” ގަ އެވެ. އެ ފިކުރު ބިނާކޮށް ތިލަދުންމައްޗަށް ދިމާވެފައިވާ މައްސަލަތައްކަމަށް ހައްލު ހޯދައިދޭނެކަމަށް ސަގީފް ވިދާޅުވި އެވެ.

ވައިކަރަދޫ ދާއިރާގައި ހިމެނެނީ ވައިކަރަދޫގެ އިތުރުން ނެއްލައިދޫ އާއި ކުރިނބީ އެވެ. ވައިކަރަދޫ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ނިކުންނަނީ ހުސެއިން ޒިޔާދު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355