ށ މިލަންދޫ ކައުންސިލް އިދާރާއަށް ބަޔަކު މަހު ލޭ އަޅައިފި އެވެ. މަހު ލޭ އަޅާފައިވާ ރޭގެ ވަގުތެއްގަ އެވެ.
މިލަންދޫ ކައުންސިލުން ބުނީ މަހު ލޭ އަޅާފައިވަނީ ކައުންސިލް އިދާރާގެ ތެރެއަށް ވަންނަ އޮންނަ ދޮރު މައްޗަށް ކަމަށެވެ. އެހެންވެ ލޭ ދޮރު ދަށުން އެ އިދާރާގެ ތެރެއަށްވެސް ވަދެފައިވާ ކަމަށެވެ.
މި ނާތަހުޒީބު އަމަލުކުރެއްވި އެންމެ ހަރުކަށި އިބާރާތުން އެ ކައުންސިލުން ކުށްވެރިކޮށްފައިވާއިރު އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ތަހްގީގު ކުރަމުންދާކަމަށް އެކައުންސިލުން ހާމަކުރެ އެވެ.
ފުލުހުން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ބަޔަކު މިލަންދޫ ކައުންސިލް އިދާރާގެ ދޮރު މައްޗަށް މަހު ލޭ އަޅާފައިވާ ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް މިއަދު ހެނދުނު 7 ޖަހާއެހާއިރު ވަނީ ރިޕޯޓްކޮށްފަ އެވެ.
މިލަންދޫ ކައުންސިލް އިދާރާގެ ދޮރު މައްޗަށް މަހު ލޭ އަޅާފަ–
ފުލުހުން ބުނީ އެމައްސަލަ ފުލުހުން އަންނަނީ ތަހްގީގުކުރަމުން ކަމަށެވެ.