twitterviber whatsapp telegramfacebookyoutube instagram
29th March 2024

ސްޓޭޑިއަމްގެ ހާލަތާ މެދު ކަންބޮޑުވުންފާޅުކޮށް ޕެޓިޝަނެއް ހުށަހަޅައިފި

Jan 22, 2019

ކުޅުދުއްފުށި ޒޯން ސްޓޭޑިއަމް ހިންގުމުގައި ހުރި ދޯހަޅިކަމަކީ ކުޅުދުއްފުށީ ރައްޔިތުން އަބަދުވެސް ކަންބޮޑުވާ މައްސަލައެކެވެ. ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށީގައި ކުޅިވަރުތައް ކުޅުމަށް ގާއިމްކޮށްފަ އޮންނަ ހަމައެކަނި ތަނަކީ  ސްޑޭޓިއަމަށް ވާއިރު ތަނުގެ ހާލަތާއި އެތަނުން އެކަށީގެން ހިދުމަތްތައް ނުލިބުމަކީ ކަންފަތައް އިވިއިވި ބާވެފައިވާ ވާހަކަ ތަކެކެވެ.

މި މައްސަލަތައް ހައްލުކުރުމަށް ކުޅުދުއްފުށީ ރައްޔިތުން މިއަދު ވަނީ ޕެޓީޝަނެއް ހުށައަޅާފަ އެވެ. ރައްޔިތުން ފަރާތުން ޕެޓީޝަން ހުށައަޅާ އެކަމުގެ އިސްކޮށް ހުރީ ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ކުޅުދުއްފުށީ ސާޓަނުގެ، އަހުމަދު މުހައްމަދެވެ. ކޭއޯއަށް މައުލޫމާތު ދެމުން އަހުމަދު ބުނީ ޕެޓިޝަން ހުށައެޅުމަށް ނިންމީ ރަށުގައި ކުޅުމަށް ހާއްސަ ކުރެވިފައިވާ ދަނޑުތައް ހުރި ހާލަތާއި މެދު ކަންބޮޑުވާތީ ކަމަށެވެ. މި ޕެޓިޝަނުގައި ވަނީ 200 އަށްވުރެ ގިނަ ޒުވާނުން ސޮއިކޮށްފަ އެވެ.

ޕެޓިޝަނާއެކު ކުޅުދުއްފުށީ ކައުންސިލް، ހދ އަތޮޅު ކައުންސިލް އަދި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއަށް އެޑްރެސްކޮށް ސިޓީއެއްވެސް ވަނީ ހުށައަޅާފަ އެވެ. ސިޓީގައިވަނީ ސްޓޭޑިއަމްގެ ނެޓްބޯޅާ ކޯޓާއި، ބާސްކެޓް ކޯޓު އަދި ވޮލީކޯޓުގައި ހަރުކުރެވިފައިވާ ލައިޓްތަކުގެ އަލި މަޑުވުމާއި ގަވައިދުން ލައިޓްތައް ދިއްލާ ނިއްވުމުގައި ދަތިތަކުގެ ސަބަބުން ކޯޓުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ބޭނުން ނުހިފޭ މައްސަލަ ފާހަގަކޮށްފައި ވެއެެވެ.

މީގެ އިތުރު ފުޓްސަލް ދަނޑުގެ ވަށައިގެން ޖަހާފައިވާ ދާގަނޑު ހަލާކުވެފައި ވުމާ، އަލަށް ގާއިމް ކުރެވުނު ދަނޑުގައި އަޅާފައިވާ ރަބަރު މަދުވުމުގެ ސަބަބުން ދަނޑު ހަލާކުވަމުންދާ މައްސަލައިގެ އިތުރުން ދުވާ ޓްރެކާއި ރަސްމީ ދަނޑު ބޭނުން ކުރަން އުދަނގުވާވަރަށް ވިނަ ހެދިފައިވާ މައްސަލަ ވަނީ ފަހާގަކޮށްފަ އެވެ.

އަދި އެކިފަހަރު މަތިން މި މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށް މިކަމަށް އެދެވޭ ހައްލެނު ލިބުުނު ކަންވެސް ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

މި މައްސަލަތަކާއި ގުޅިގެން ޕެޓިޝަން ހުށައަޅާފައިވާއިރު މިހާރު ކައުންސިލުން މިނިސްޓްރީތަކާއެކު ކުރައްވަމުން ގެންދަވާ ބަންދަލުވުންތަކުގައި މިކަންކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް އިއްޔެ ޔޫތް މިނިސްޓްރީއާއި ބައްދަލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

އަދި މި މައްސަލަތަކަށް ހައްލެއް ހޯއްދެވުމަށް ޔޫތް މިނިސްޓަރ އަންނަ މަހު ކުރީކޮޅު ކުޅުދުއްފުއްޓަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355