twitterviber whatsapp telegramfacebookyoutube instagram
8th May 2024

ޖަލާލުއްދީން ސްކޫލް އޭލެވެލްއަށް ވަނުމަށް ހުޅުވާލައިފި

Jan 22, 2019

މިއަހަރު ފެބްރުއަރީ ގައި ފަށާ އޭލެވެލް ކްލާސްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ޖަލާލުއްދީން ސްކޫލުން ހުޅުވާލައިފި އެވެ.

އޭލެވެލް ކުލާސްތަކަށް ވަންނަން އެދޭ ފޯމް ޖަލާލުއްދީން ސްކޫލުން މިހާރު ދޫކުރަން ފަށާފައިވާއިރު ފޯމް ދޫކުރުމާއި، ބަލައިގަތުން ޖެނުއަރީ 20 ން 27 އަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 ން 14:00 އަށް ކުރިއަށް ދާނެ ކަމަށާއި ފޯމް ނަގަން އަންނައިރު ނަތީޖާ ސްލިފް ގެންނަން ވާނެކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.

3 ސްޓީމަކުން ކުދިން ނެގުމަށްވަނީ ހަމަޖެހިފައި ވާއިރު ފާސްވާ ކްރައިޓީރިއާއަކީ:.

ބިޒްނަސް ސްޓްރީމް- ކްރައިޓީރިއާ

– އެސްއެސްސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުމާއެކު ޖީސީއީ އޯލެވެލް / އައިޖީސީއެސްއީ މާއްދާތަކުގެ ތެރެއިން ބިޒްނަސް ސްޓަޑީޒް/ކޮމާސް، އެކައުންޓް، އިކޮނޮމިކްސް މި 3 މާއްދާގެ ތެރެއިން 2 މާއްދާ ފާސްވެފައިވުމާއިއެކު ޖީސީއީ އޯލެވެލް / އައިޖީސީއެސްއީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައިވުން

ސައިންސް ސްޓްރީމް- ކްރައިޓީރިއާ

– އެސްއެސްސީ ދިވެހި ނުވަތަ އިސްލާމުން ފާސްވެފައިވުމާއެކު ޖީސީއީ އޯލެވެލް / އައިޖީސީއެސްއީ މާއްދާތަކުގެ ތެރެއިން ފިޒިކްސް، ކެމިސްޓްރީ، ބައެލޮޖީ މި 3 މާއްދާގެ ތެރެއިން 2 މާއްދާއިން ފާސްވެފައިވުމާއެކު ޖީސީއީ އޯލެވެލް / އައިޖީސީއެސްއީ މާއްދާތަކުގެ ތެރެއިން އިތުރު 1 މާއްދާއިން ފާސްވެފައިވުން

ބީޓެކް ސްޓްރީމް- ކްރައިޓީރިއާ

– ބީޓެކް އޯލެވެލް އިން ދަށްވެގެން “ޕާސް” ލިބިފައިވުން ނުވަތަ

– އެސްއެސްސީ، ޖީސީއީ އޯލެވެލް/ އައިޖީސީއެސްއީ އިމްތިހާނުން ކޮންމެވެސް 4 މާއްދާއަކުން ފާސްވެފައިވުން ނުވަތަ

– ދަސްވާރު ލެވެލް 3 ގެ ފާހެއް ލިބިފައިވުމާއެކު އެސްއެސްސީ، ޖީސީއީ އޯލެވެލް/ އައިޖީސީއެސްއީ މާއްދާތަކުގެ ތެރެއިން 1 މާއްދާއިން ފާސްވެފައިވުން

މާއްދާތަކުން ފާސްވެފައި ކަމަށް ބެލޭވޭނީ “ސީ” އަށް ވުރެ މަތިން ފާސް ވެގެން ނެވެ.

އިތުރު ޝަރުތުގެ ތެރޭގައި 2017 އޮކްޓޯބަރ/ ނޮވެމްބަރ ގައި ނުވަތަ އޭގެފަހުން ޖީސީއީ އޯލެވެލް އާއި އެސްއެސްއީ އިމްތިހާން ހަދާފައިވުމާއި ދިވެހި ރައްޖޭގެ ގާނޫނު ގަވައިދާ ހިލާފުވެފައިވާ ނުވަތަ ޝަރުއީ މައްސަލައެއްގައި ހުކުމެއް އިއްވާފައިވާ ކުއްޖެއްކަމުގައި ނުވުމުގެ އިތުރުން މި އަަހަރު މާރޗް މަހުގެ 1 އަށް 19 އަހަރު ފުރިފައި ނުވުން ހިމެނެއެވެ.

މި އަހަރު އޭލެވެލް ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 03 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355