twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަތޮޅުވެރިކަން ހޯދަން ގިނަ ރަށްތަކަކުން އަންނަނީ ޝައުގުވެރިކަންފާޅުކުރަމުން: ހުސެއިން ހަސަން

Jan 23, 2019

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވާއިރު، ހދ އަތޮޅުގެ ވެރިކަން ހޯދުމަށް އަތޮޅުގެ ގިނަ ރަށްތަކަކުން ޝައުގުވެރިކަންފާޅުކުރަމުންދާކަމަށް އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން ވިދާޅުވެއްޖެ އެވެ.

ސިޓީއެއްގެ ދަރަޖަ ލިބުމަށް ގާނޫނީގޮތުން ހަމަވާން ޖެހޭ ދިހަހާސް މީހުންގެ އާބާދީ ކުޅުދުއްފުށީގައި ހަމަވެފައިވާއިރު ސިޓީއެއްގެ ދަރަޖަ ލިބުމުން ހދ އަތޮޅުގައި ކުޅުދުއްފުށީ ހައިސިއްޔަތަކީ ކޮބޯ ތޯ ގާނޫނީ ބޭފުޅުންވެސް ދަނީ ސުވާލުއުފައްދަމުންނެވެ.

އަދި މިދަނޑިވަޅުގައި އަތޮޅުވެރިކަން ހޯދަން އަތޮޅުގެ ގިނަ ރަށްތަކަކުން ޝައުގުވެރިކަންފާޅުކުރަމުންދާއިރު ބައެއް ރަށްތަކަށް އަތޮޅުވެރިކަން ބަދަލުކުރުމަށްދަނީ މީސްމީޑިއާގައި ކެމްޕެއިންވެސް ކުރަމުންނެވެ.

ދައުލަތުގެ މީޑީއާއިން ގެނެސްދޭ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ ކުޅުދުއްފުށީ ސިޓީއަކަށް ހެދުމަށް އެކައުންސިލުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްދިނުމަށް އެއްބާރުލުން ދެއްވަމުން ގެންދަވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެގެންދިއުމުން ހދ.އަތޮޅުގެ ވެރިކަން ކުރާނެ ރަށެއް ކަނޑައެޅުމުގައި އަތޮޅުގެ ތޭރަ ރަށުގެ ތެރެއިން ރަށެއް ހަމަޖެއްސާއިރު، ގިނަ ރަށްތަކަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގައި ކުޅުދުއްފުށީ ރައްޔިތުން ބޭނުންވާ ގޮތް އަތޮޅު ކައުންސިލަށް ބޭނުންވާ ކަމަށާއި ކުޅުދުއްފުށީ ރައްޔިތުން ބޭނުންވާ ގޮތް ހެދުމަށް ކައުންސިލް އޮތީ ތައްޔާރަށް ކަމަށް ހުސެއިން ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ ކުޅުދުއްފުށީ ސިޓީއަކަށް ހެދުމަށް ވޭތުވެދިޔަ ތަނުގައިވެސް އަތޮޅު ކައުންސިލުން ވާނީ ފުރިހަމަކޮށްދޭން ޖެހޭ ކަންތައްތައް ފުރިހަމަކޮށްދީފަ ކަމަށެވެ.

އަތޮޅުވެރިކަން ހޯދަން، އަތޮޅުގެ މެދުގައި އޮންނަ ކުރިނބީގެ ރައްޔިތުން އަޑުއުފުލަމުންދާއިރު އަތޮޅުގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ނޮޅިވަރަމް ރައްޔިތުންވެސް އަންނަނީ އަޑުއުފުލަމުންނެވެ. އަދި ކުރީގެ އަތޮޅު ވެރިކަން ކުރި ނޮޅިވަރަންފަރުގެ ރައްޔިތުންްވެސް ދަނީ އަޑުއުފުލަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355