twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އަތޮޅުވެރިކަން ބަދަލުކުރަން އޮތް އެންމެ ރަނގަޅު ޗޮއިސްއަކީ ހަނިމާދޫ: ޝަހުދީ

Jan 23, 2019

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާއިރު ހދ އަތޮޅުގެ ވެރިކަން ބަދަލުކުރަން އެންމެ ރަނގަޅު ޗޮއިސްއަކީ ހަނިމާދޫކަމަށް އެދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހުދީ ވިދާޅުވެއްޖެ އެެވެ.

ޝަހުދީ މިއަދު ކުރެއްވި ޓްރީޓެއްގައި ވިދާޅުވެފައިވަނީ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދިޔުމަކީ ތިލަދުންމައްޗަށް ލިބިގެންދާ ފަޙުރެއް ކަމަށެވެ.

އަތޮޅުގެ ވެރިކަން ކުރާ ރަށް ސިޓީއަކަށް ބަދަލުވުމުން އަތޮޅުވެރިކަން ހަނިމާދޫއަށް ބަދަލުވެގެން ދިޔުމަކީ ހަނިމާދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް އެދުން ކަމަށް ޝަހުދީ ވިދާޅުވެފައިވެ އެވެ. އަދި ވަސީލަތްތަކުގެ ގޮތުން ބެލިކަމުގައިވިޔަސް އަތޮޅުވެރިކަން ބަދަލުކުރުމަށް އޮތް އެންމެ ރަނގަޅު ޗޮއިސްއަކީ ހަނިމާދޫ އެވެ.

Kulhudhuffuttah city eh ge dharaja libigen dhiumee thiladhunmahchchah fakhureh! Eyge fahun atoll verikan kura rashakah Hanimaadhoo vegen dhiumee Hanimaadhoo rayyithun ge enmme bodu edhun! Vaseelaiy thakah balairu ves enmme rangalhu choice akee ves Hanimaadhoo.@kulhudhuOnline

— Hussain Shahudhee (@HaNaHiFi) January 23, 2019

ހދ އަތޮޅު ކައުންސިލްގެ މެމްބަރު އަހުމަދު އާތިފް ރޭ ވިދާޅުވެފައިވަނީ ކުޅުދުއްފުއްޓަށް އަންނަ ފެބުރުއަރީމަހުގެ ތެރޭގައި ސިޓީއެއްގެ ދަރަޖަ ލިބިގެންދާނެކަމަށެވެ. އަދި އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި ބަންޑާރަ ނައިބުގެ އޮފީހުން ކުރަމުންދާ ކަމަށެވެ.

ހދ ގެ އަތޮޅުވެރިކަން ހޯދަން އަތޮޅުގެ ގިނަ ރަށްތަކަކުން ޝައުގުވެރިކަން އަންނަނީ ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ކުރިނބީގެ ރައްޔިތުން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355