twitterviber whatsapp telegramfacebookyoutube instagram
19th April 2024

ތިމާވެށީގެ ގޮތުން ނާޒުކު ތަންތަނާއި، ކުޅީގެ ބާކީބައި ހިމާޔަތް ކުރުމަށް މަޝްވަރާކޮށްފި

Jan 24, 2019

ކުޅުދުއްފުށީގައި ހުރި ތިމާވެށީގެ ގޮތުން ނާޒުކު ތަންތަނާއި، ކުޅީގެ ބަކީބައި ހިމާޔާތްކުރުމާ ބެހޭގޮތުން ކުޅުދުއްފުށީ ކައުންސިލުން އެންވަޔަރަމެންޓް މިނިސްޓްރީއާއި މަޝްވަރާ ކުރައްވައިފި އެވެ.

ތިމާވެށީގެ ގޮތުން ރަށަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި މި ބައްދަލުވުމަށް ދެކެވުނު ވާހަކަތަކާއި ބެހޭގޮތުން ކޭއޯއަށް މައުލޫމާތު ދެމުން ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ވިދާޅުވީ ކުޅީގެ ބާކީބައި ހިމާޔަތް ކުރުމާއި މެދު އެންވަޔަރަމެންޓް މިނިސްޓްރީއާއެކު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި އެކަމަށް މަސައްކަތް ފެށޭނީ މިހާރު ކުޅީގެ ބާކީބައި އޮތް ހާލަތު ދެނެގަނެވި އެކަމަށް ސާރވޭއެއް ހެދުމަށް ފަހު ކަމަށް މިނިސްޓްރީން ވިދާޅުވި ކަމަށެވެ.

މިނިސްޓްރީން މީގެ ކުރިންވެސް ތަނެއް ހިމާޔަތް ކުރުމުގެ ކުރިން ހަދާ ސާރވޭގެ ތެރެއިން ރައްޔިތުންގެ ހިޔާލު ހޯދުމާއި އެތަނަކަށް ލިބިދާނެ ގެއްލުމާއި، ތަނުގެ ހާލަތު ދެނެގަންނަ ކަމަށް ލަތީފް ވިދާޅުވި އެވެ.

“މިނިސްޓްރީން ތަނެއް ހިމާޔަތް ކުރަންޔާ، މިނިސްޓްރީން ހަދާ ސާވޭއެއް އިންނާނެ. އެއީ ރައްޔިތުންގެ ހިޔާލު ހޯދުމާ ދެން އެތަނަށް ލިބިދާނެ ގެއްލުންތަކާއި އެތަން އޮތްގޮތް ދެނެގަނެފަ ކުރާ ކަމެއް އެއީ ހިމާޔަތް ކުރުމަކީ” ލަތީފް ވިދާޅުވި އެވެ.

މި މަޝްވަރާގެ ތެރެއިން ކުޅީގެ ބާކީބައި ހިމާޔަތް ކުރުމާއި މެދު ވަކި ގޮތެއް ނުނިއްމޭކަން ފާހަގަ ކުރައްވަމުން ލަތީފް ވިދާޅުވީ ކުޅީގެ ބާކީބައި ހަމައެކަނި ހިމާޔަތް ކުރެވިފައި އޮންނަ ތަނެއްގެ ގޮތުގެ ބަދަލުގައި އިގްތިސޯދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ރައްޔިތުންނަށް ބޭނުންތެރި ތަނެއްގެގޮތުގައި ބޭއްވުމަށް މަސައްކަތް ކޮށްދިނުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ.

މީގެ އިތުރުންވެސް ރަށުގައި ތިމާވެށީގެ ގޮތުން ނާޒުކު ތަންތަން ހިމާޔަތްކުރުމާއި ބެހޭގޮތުންވެސް ވާހަކަ ދެކެނުމުކަމަށާއި އެތަންތަންވެސް ހިމާޔަތް ކުރުމުގެ ކަންކަން ކުރިއަށް ދާނީ އެތަނުގެ ހާލަތު ބެލުމަށް ފަހު ކަމަށް ލަތީފް ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ކުޅީ–

އެގޮތުން އަންނަ ފެބްރުއަރީ މަހުތެރޭ އެންވަރަމެންޓް މިނިސްޓްރީން ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ދަތުރު ފުޅުގައި ރަށުގައި ހިމާޔަތް ކުރެވޭނެ ތަންތަނާއި ސަރަހައްދުތަކާއި މެދު ގޮތެއް ނިންމިގެން ދާނެކަން ލަތީފް ފާހަގަ ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355