twitterviber whatsapp telegramfacebookyoutube instagram
5th June 2025

އަޅުގަނޑުމެން މިތިބީ ތެދުވެރިކަމާއެކު ރައްޔިތުންނާ ގާތުން ހިދުމަތްކުރަން އަތުކުރި އޮޅާލައިގެން

Jan 25, 2019

މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ކުޅުދުއްފުށީ ދެ ދާއިރާ ކާމިޔާބުކުރެއްވި ދެ ބޭފުޅުން މިތިބީ ތެދުވެރިކަމާއި ވަފާތެރިކަމާއެކު ރައްޔިތުންނާއެކު މަސައްކަތް ކުރަން އަތުކުރި އޮޅާލައިގެން ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީ ޓިކެޓް ކާމިޔާބުކުރެއްވި ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޔާސިރު/ޖަމްސީދަށް ލިބުނު ކާމިޔާބު ފާހަގަކުރުމަށް ރޭ ކުޅުދުއްފުށީ ބަންޑާރަމައިދާންގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޖަމްޝީދު ވިދާޅުވީ މަޖިލިސް ގޮނޑި ކާމިޔާބުކުރުމަށް އަތުކުރި އޮޅާލައިގެން ކަމަށެވެ. އެ ދެ ބޭފުޅުންނަށް ރައްޔިތުން ފުރުސަތު ދެއްވީ ވަރަށް އުންމީދާއެކު ކަމަށާއި ދެ ކެންޑިޑޭޓުންވެސް މިތިބީ ފިސާރި ތެދުވެރިކަމާއި ވަފާތެރިކަމާ އަދި ކިޔަމަންތެރިކަމާއެކު މަސައްކަތް ކުރަން ތައްޔާރަށް ކަމަށެވެ.

ގާތުން އެކަން ކޮށްދިނުމުގެ އަޒުމުގައި އުންމީދުކުރަނީ އަޅުގަނޑުމެންނަށް ތިޔަބޭފުޅުން ފުރުސަތު ދެއްވީ ވަރަށްވެސް އުންމީދާއެކު ކަމަށެވެ. އެހެންކަމުން މިކަން ކާމިޔާބުކޮށް ކުރިއަށް ދިއުމަށް މިތިބީ ރައްޔިތުންނާ ވަރަށް ގާތު އެކުގައި މަސައްކަތް ކުރަންކަމަށް ޖަމްޝީދު ވިދާޅުވި އެވެ.

ޖަމްޝީދު ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުން ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ޖެހުނު ކޮންމެ ތަނެއްގައި ބަސް ބުނާނެ ކަމަށާއި ރައްޔިތުންގެ ހައްގު ހޯދަން އަޑުއުފުލަން ޖެހުނު ކޮންމެ ތަނެއްގައިވެސް އަޑުއުފުލާނެ ކަމަށެވެ.

“ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ވަރަށް ކެރިގެން މިތިބީ ވަރަށް ބޮޑު އުންމީދެއްކުރަން. ރައްޔިތުންގެ އެއްބާރުލުން ލިބޭނެ.” ޖަމްޝީދު ވިދާޅުވި އެވެ.

ރަށުން ބޭރުން އަރާ މީހުންނަށް ކުޅުދުއްފުށީގައި ޖާގަ ނެތްކަން ރައްޔިތުން ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޖަމްޝީދު ވިދާޅުވީ ނިމިގެން ދިޔައީ ވާދަވެރި ވަރަށް ނަމޫނާ އިންތިހާބެއް ކަމަށާއި އެކަމުން އެނގިގެންދިޔައީ އެމްޑީޕީގެ އެތެރޭގެ ހަރުދަނާކަން ދައްކައިދިން ވަރަށް ފުރިހަމަ މިސާލެއްކަމަށެވެ.

ވާދަވެރި އިންތިހާބު ނިމުމަށްފަހު ކެންޑިޑޭޓުން މިތިބީ ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކުރުމަށްޓަކަ އިށީދެގެން ކަމަށާއި. މިކަމުން އެނގެނީ އެއްބަޔަކު އަނެއް ބަޔަކުގެ މެދުގައި އޮންނަ އެކުވެރިކަން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355