twitterviber whatsapp telegramfacebookyoutube instagram
16th August 2026

ހދ އަތޮޅު ކައުންސިލްގެ އާންމު ބައްދަލުވުމެއް މާލޭ ސިޓީ ހޯލުގައި ބާއްވައިފި

Jan 25, 2019

ހދ. އަތޮޅުގައި ކައުންސިލްގެ އާންމު ބައްދަލުވުމެއް މާލޭ ސިޓީ ހޯލުގައި ކުރިއަށްގެންގޮސްފި އެވެ. އެ ކައުންސިލުން މާލެއަށް ކުރަމުންގެންދާ ދަތުރުގެ ތެރެއިން ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އެ ކައުންސިލްގެ ފަސް މެމްބަރަކު ވަނީ ބައިވެރިވެލައްވާފަ އެވެ.

އެނގިފައިވާގޮތުގައި މިއީ އަތޮޅު ކައުންސިލްގެ އާންމު ބައްދަލުވުމެއް މާލޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ. މިބައްދަލުވުމަށް ދެ ކަމެއްވަނީ އެޖެންޑާކޮށް ފާސްކޮށްފަ އެވެ.

އެއީ އެކައުންސިލްގެ ރަސްމީ ކުލައަކީ ކަޅު އަދި މެރޫން ކުލަ ކަމުގައި ފާސްކުރުމާއި އަތޮޅު ކައުންސިލުން ކުރިއަށްގެންދާ އަތޮޅު ގުރުއާން މުބާރާތުގެ މުގައްރަރު އުވާލައި އާ މުގައްރަރެއް ފާސްކުރުމެވެ.

އަތޮޅު ކައުންސިލްގެ އާންމު ބައްދަލުވުންތައް ކޮންމެ ހަފްތާއެއް ބުދަ ދުވަހު ދަނީ ބާއްވަމުންނެވެ. މާލޭގައި ކުރިއަށްދިޔަ މި ބައްދަލުވުން މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިއީ އެކައުންސިލްގެ ބައްދަލުވުމެއް ކުޅުދުއްފުށިން ބޭރުގައި ބޭއްވި ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރު ހދ މަކުނުދޫގައިވެސް އެކައުންސިލްގެ އާންމު ބައްދަލުވުމެއް ވަނީ ކުރިއަށްގެންގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355