twitterviber whatsapp telegramfacebookyoutube instagram
24th April 2024

ބައެއް މަސައްކަތް ނުނިންމަ ކޮންޓްރެކްޓަރު ފައިބަން އުޅުމުން ނޮޅިވަރަމް ކައުންސިލުން ހުއްޓުވައިފި

Jan 25, 2019

އެމްޓީސީސީން ހދ ނޮޅިވަރަމްގައި ކުރިއަށްގެންދިޔަ ބަނދަރުގެ މަސައްކަތް ނިންމާ ރަށުން ފައިބަން އުޅުމުން ކައުންސިލުން އެކަން ހުއްޓުވައިފި އެވެ. ކައުންސިލުން އެކަން ހުއްޓުވީ އެއްބަސްވުމާ އެއްގޮތަށް ބައެއް މަސައްކަތްތައް ނުނިންމަ އެމްޓީސީސީން އެރަށުން ފައިބަން އުޅުމުންނެވެ.

އެމްޓީސީސީން އެރަށުގައި ހިންގަމުންދިޔައީ ބަނދަރުގެ ބައެއް މަސައްކަތްތަކެއް، އެމަސައްކަތްތައް ވަނީ ނިންމާފަ އެވެ. އެކަމަކު އެމްޓީސީސީއާ އެރަށު ކައުންސިލާ ދެމެދު ކަންތައްތަކެއް ކުރުމަށްވާނީ އެއްބަސްވެފަކަމަށާއި އެކުންފުނިން ރަށުން ފައިބަން މަސައްކަތް ކުރީ އެމަސައްކަތްތައް ނުނިންމަ ކަމަށް ކައުންސިލުން ބުނެ އެވެ.

ނޮޅިވަރަމް ކައުންސިލް މެމްބަރު ނަސީރު ކޭއޯއަށް ވިދާޅުވީ އެ ފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމާ ހިލާފަށް މަސައްކަތް ނުނިންމަ އެކުންފުނިން ރަށުން ފައިބަން އުޅުމުން އެކަން ކައުންސިލުން ހުއްޓުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ބަނދަރުގެ މަސައްކަތް ކުރިއަށްދިޔައިރު ބަނދަރުގެ ބައެއް ލައިޓްތަކަށް އެފަރާތުގެ އިހުމާލުން ގެއްލުންވެފައިވާ ކަމަށާއި އެކަންތައްތައް ހައްލުކުރަން އެއްބަސްވެފައިވާ ކަމަށެވެ.

ނޮޅިވަރަމްގެ އެމްޓީސީސީގެ ސައިޓް، މިތަންވެސް ރޫޅާލުމުގެ މަސައްކަތް ކޮށްފައިވޭ–ފޮޓޯ: ޝަރީފް

އަދި ވާރޭވެހޭ ދުވަސްވަރު ރަށު ތެރޭ ފެންބޮޑުވާ ބޮޑުވާ މަގުތަކަށް ވެލިއެޅުމާއި ބަނދަރު މަތީގެ 8 ފޫޓަށް ފޭވެމަންޓްގައި ގާ އެތުރުން ކަމަށެވެ. މިއިން އެއްވެސް މަސައްކަތް ނުނިންމަ ކޮޅުވެއްޓިއެއް ވައްދައިގެން، ސާމާނުތައް ހިފައިގެން އެމްޓީސީސީން އުޅުނީ ކުޅުދުއްފުއްޓަށް ދާން ކަމަށް ނަސީރު ވިދާޅުވި އެވެ. ނަސީރު ވިދާޅުވީ ދެން މަސައްކަތަށް ކުރެވޭނީ އެއްބަސްވުމާ އެއްގޮތަށް ނިންމައިގެން ކަމަށެވެ.

” ކައުންސިލުން ހަމަ ސިޓީއެއް ފޮނުވާއިރަށް އެބަ ބުނޭ ކޮށްދޭނަމޭ، ކޮށްދޭނަމޭ. އެހެން ކިޔާ ބަހައްޓާފަ ހުކުރުދުވަހަކު ކޮޅުވެއްޓިއެއް ވައްދައިގެން މިއުޅުނީ ދާން. ސައިޓުން ނެރެގެން ސާމާނުތައް މިއަރުވަނީ ކޮޅުވެއްޓިއަށް. ދެން އަޅުގަނޑުމެން ގޮސް ސައިޓް ސްޕަވައިޒަރާ ވާހަކަ ދެއްކުމުން ބުނީ މިއަދުން މިއަދަށްވެސް ފޭބޭތޯއޭ މިއުޅެނީ.” ނަސީރު ވިދާޅުވި އެވެ.

 

މަސައްކަތް ކުރިއަށްދިޔަ އެމްޓީސީސީގެ ވެހިކަލްތަކުން ޖެހި ބައެއް މަގު ބައްތިތަކަށް ގެއްލުންވެފަ–ފޮޓޯ: ޝަރީފް

އޭނާ ވިދާޅުވީ ހުއްޓުވަން ޖެހުނީ އެކަންތައްތައް ދެން ކުރިއަށްގެންދެވޭނީ ހުއްޓުވައިގެންކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. ކައުންސިލުން މިހާރުވަނީ އެރަށުގެ ބަނދަރަށް އެމްޓީސީސީން ވައްދާފަ އޮތް ކޮޅުވެއްޓި އިރުއޮއްސުމުގެ ކުރިން ނެރެން އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355