twitterviber whatsapp telegramfacebookyoutube instagram
24th June 2025
ADVERTISEMENT

ރަށްފުށަށް އުފަންވީތީ ހައްގުތަކަކުން ވަނީ މަޙްރޫމްކުރެވިފަ، މިހާލަތު ބަދަލުކުރެވޭނީ ރިޝްވަތަށް ނޫނެކޭ ބުނެގެން: އަލީ

Jan 25, 2019

ރަށްފުރަށް އުފަންވީތީ ހައްގުތަކެއް މަޙްރޫމްކޮށްފައި އެބަހުރި ކަމަށާއި ރައްޔިތުން މިނިދިން ހޭލައިގެން ނޫނީ ތަރައްގީ ލިބެން ނެތްކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އަލީ މިހެން ވިދާޅުވީ މިދިޔަ އެމްޑީޕީ ޕްރައިމަރީގައި ކުޅުދުއްފުށީ ދެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ދެ ކެނޑިޑޭޓުންނަށް ހާއްސަކޮށްގެން ރޭ ބަނޑާރަމައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އަލީ ވިދާޅުވީ އަތޮޅުތައް ތަރައްގީވުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އަދި ގޮންޖެހުންތަކުން އަރައިގަނެވޭނީ ރަށަށް ނިސްބަތްވާ ފަރާތްތަކުން މަޖިލީހުގައި ފުރުސަތު ދީގެން ކަމަށެވެ. ރަށުން ބޭރު އަންނަ ފަރާތްތަކަށާއި ވިޔަފާރިންގެ ޕަޕެޓުންނަށް ނޫނެކޭ ބުނެގެން ކަމަށެވެ.

ކުޅުދުއްފުށީ ރައްޔިތުންގެ ހައްގުގައި ޔާސިރާއި ޖަމްޝީދު މަސައްކަތް ކުރައްވާނެ ކަމަށާއި އެކަމާ ޝައްކުވެސް ނުކުރައްވާ ކަމަށް އަލީ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ދެ ގޮނޑިވެސް މަޖިލިސް އިންތިހާބުގައި ކާމިޔާބުކުރާނީ ކުޅުދުއްފުއްޓަށް އުފަން ދަރިން ކަމަށާއި އެކަމާ ޝައްކުވެސް ނުކުރައްވާ ކަމަށެވެ. އެކަމަކު އެހެން އެކަން ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި އެއީ ގޮންޖެހުން ބޮޑުކަމެއްކަމަށް އަލީ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ދެ ދާއިރާގެ ގޮނޑި ރަށުގެ އުފަން ދަރިންނަށް ހުރި ގޮންޖެހުމަކީ ފައިސާގެ ނުފޫޒުކަމަށް ސިފަކުރައްވަމުން އަލީ ވިދާޅުވީ މިދިޔަ އިންތިހާބުތަކުގައިވެސް ގޮނޑި ވިއްކި ކަމަށާއި އަދި އެކި ވިޔަފާރިވެރިންނަށްވެސް ގޮނޑި ދިން ކަމަށެވެ. އެކަމަށް އޮތް އެންމެ ބޮޑު ބިރަކީ މާލީ ތަނަވަސްކަން ކުޑަވުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަހަރު އެ ފުރުސަތު ދީގެން ނުވާނެ ކަމަށާއި ކަޅު ފައިސާގެ ޖެހި މިކަންކަން ނުވާ މިންވަރު މާޒީން ދައްކައިދީފައިވާ ކަމަށެވެ. އަދި ކޮރަޕްޝަންގެ ފައިސާގެ ޖެހިއްޖެނަމަ ބޭނުންވާ މަންޒިލާ ހަމައަށް ނުދެވޭނެކަމަށާއި ފައިސާގެ އެ ނުފޫޒުގައި ޖެހިއްޖެނަމަ ދުވަހަކުވެސް މިއަޅުވެތިކަމުން އަރައިނުގަނެވޭނެކަމަށް އަލީ ވިދާޅުވި އެވެ. ދެން އެ ފުރުސަތު ދީގެން ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

މިޖަލްސާ ވާހަކަދައްކަވަމުން އަލީ ވިދާޅުވީ ރާއްޖެއަށް އެތެރެވާ ބޭރު ފައިސާއާ ގުޅޭނެ ގާނޫނެއް އަދިވެސް ނެތް ކަމަށާއި ފުންނާބު އުސް ގާނޫނީ ވަކީލުންނާއި ބޮޑެތި ވިޔަފާރިވެރިން މަޖިލީހުގައި މިހާރުވެސް ތިބިއިރު އެކަން ނުވެ އޮތީ ކީއްވެ ތޯ އަލީ ސުވާލުއުފެއްދެވި އެވެ.

” ކީއްވެގެން ތޯ ފޮރިންކަރަންސީގެ ބިލެއް އަދިވެސް ވުޖޫދު ނުކުރެވިގެން މިއުޅެނީ . އަޅުގަނޑު ހަނދާން އެބަހުރި މަޖިލީހުގައި އެވާހަކަ ދެއްކި. ހަމަ ދެއްކި ގޮތަށް ބިލު ނެރެ އަނެއް ދޮރުން ބޭރުކޮށްލީ.” އަލީ ވިދާޅުވި އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com