twitterviber whatsapp telegramfacebookyoutube instagram
5th June 2025

ނޮޅިވަރަންފަރުގެ ދަނޑުވެރިކަން ކުރާ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިންވާލައިފި

Jan 25, 2019

ހދ ނޮޅިވަރަންފަރުގެ ދަނޑުވެރިކަން ކުރާ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިންވާލެވިފައިވާކަމަށް އެމްއެންޑީއެޕުން ހާމަކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ނޮޅިވަރަންފަރުގެ ދަނޑުވެރިކަން ކުރާ ސަރަހައްދުގައި  އަލިފާން ރޯވެގެން އުޅޭކަމުގައި މައުލޫމާތު އެމްއެންޑީއެފްގެ ކުޅުދުއްފުށީ ފަޔާރ  ސްޓޭޝަންއަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 14:50 ގަ ކަމަަށެވެ.

ކުޅުދުއްފުށީގައިގައި ހަރަކާތްތެރިވާ ފަޔަރގެ ސިފައިން ގޮސް އަލިފާންގަނޑު ކޮންޓްރޯލުކޮށް އެއްކޮށް ނިންވާލެވުނީ 16:20 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެރަށު ކައުންސިލްގެ ރައީސް އަހުމަދު އިބުރާހިމް ވިދާޅުވެފައިވަނީ އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިފައިވަނީ 13:30 ހާއިރު ކަމަށެވެ. އަދި އެވަގުތުން ފެށިގެން ފުލުހުންނާއި ރައްޔިތުން އަލިފާންގަނޑު ނިންވާލެވޭތޯ މަސައްކަތްކުރަމުންދިޔަ ކަމަށެވެ.

ނޮޅިވަރަންފަރުގެ ދަނޑުވެރިކަން ކުރާ ސަރަހައްދުގައި ހިނގި އަލިފާނުގައި ހާދިސާގެ ތެރެއިން–

މިހާދިސާގައި އެ ސަރަހައްދަށް ލިބިފައިވާ ގެއްލުމުގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355