twitterviber whatsapp telegramfacebookyoutube instagram
5th November 2025

މަކުނުދޫ އާއި ވައިކަރަދޫގައި އާރުއޯ ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

Jan 28, 2019

ހދ އަތޮޅުގެ ދެ ރަށެއްގައި ސާފު ބޯފެން އުފައްދާ އާރުއޯ ޕްލާންޓް  ގާއިމުކުރުމުގެ މަސައްކަތް ފަށައިފި އެވެ. އޯޕެކްގެ އެހީގެ ދަށުން ގާއިމުކުރަން ހަމަޖެހިފައިވާ މި ޕްލާންޓްތައް ގާއިމުކުރަނީ މަކުނުދޫ އާއި ވައިކަރަދޫގަ އެވެ.

އެންވަޔަމަންޓް މިނިސްޓްރީގެ ދަށުން މި ދެ ރަށުގައި ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރަނީ ވޯޓަރ އިންޖިނިއަރިން ސާވިސަސް އިން އެވެ.

މަކުނުދޫގައި މި އިމާރާތް ހަދަނީ އިންޖީނުގެ ޖެހިގެން ހުރި ހުސް ބިމުގައި އެވެ. އެއީ ގާތްގަނޑަކަށް 4000 އަކަފޫޓްގެ ބިމެކެވެ. މި ޕްރޮޖެކްޓް ނިމުމުން ރަށުގެ ހަތަރު ސަރަހައްދަކުން ސާފު ފެން ލިބިގެންދާނެކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.

ވައިކަރަދޫގެ ފުޓްސަލް ދަނޑުގެ އިރުމަތިން 57/40 ފޫޓްގެ ބިމެއް މި ޕްރޮޖެކްޓަށް ދޫކޮށްފައިވާއިރު މި ޕްލާންޓް 24 ގަޑިއިރުގެ ތެރޭގައި 50 ޓަނުގެ ފެން އުފެއްދޭނެ އެވެ.

ވައިކަރަދޫގައި ގާއިމުކުރާ އާރުއޯ ޕްލާންޓްގެ މަސައްކަތް ކުރިއަށްދަނީ–ފޮޓޯ: ކައުންސިލް

މި ދެރަށުގެ އިމާރާތުގައިވެސް ފައުންޑޭޝަން އަޅާފައިވާއިރު މިމަސައްކަތް ނިންމާ 6 މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހެ އެވެ.

މި ދެ ރަށަކީވެސް ހޫނު މޫސުމުގައި ފެން ހުސްވެ ރަށުން ފެން ލިބުމުގެ ދަތިކަމާ ކުރިމަތިވާ ދެ ރަށެވެ. ނަމަވެސް މި އާރުއޯ ޕްލާންޓްގެ މަސައްކަތް ނިމުމުން މިކަމަށް ހައްލު ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355