twitterviber whatsapp telegramfacebookyoutube instagram
24th April 2024

އަތޮޅުވެރިކަން އަނބުރާ ހޯދަން ނޮޅިވަރަންފަރު ކައުންސިލަރުން މާލޭގައި

Jan 28, 2019

ކުޅުދުއްފުއްޓަށް އަންނަ މަހު ސިޓީއެއްގެ ދަރަޖަ ލިބި އަތޮޅު ނެއްޓިގެންދާނެ އެވެ. ގާނޫނުގައިވާގޮތުން އަތޮޅުވެރިކަން ކުރާ އާ ރަށެއް ކަނޑައަޅަން ޖެހޭއިރު އެކަމަށް ގިނަ ރަށްތަކަކުން އަންނަނީ ވާދަކުރަމުންނެވެ. އަދި އެރަށްތަކަށް ނިސްބަތްވާ ރައްޔިތުން މީސްމީޑިއާގައި އަންނަނީ ވަރުގަދައަށް އެކަމަށް ކެމްޕެއިންކުރަމުންވެސް މެ އެވެ.

އަތޮޅުވެރިކަން ލިބިގެންދާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ ހަނިމާދޫ، ނޮޅިވަރަންފަރު އަދި ނޮޅިވަރަމެވެ. ބައެއް ރަށްރަށުގެ ކައުންސިލްތަކުންވެސް ދަނީ އަތޮޅުވެރިކަން ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ތިލަދުންމަތި އެއްކޮށްއޮތްއިރުވެސް އަދި ދެ އަތޮޅަށް ބައިކުރުމަށްފަހުވެސް ހދ އަތޮޅުގައި ފުރަތަމަ އަތޮޅުވެރިކަން ކޮށްފައިވަނީ ނޮޅިވަރަންފަރުގަ އެވެ. އެގޮތުން ޖުމްލަ 422 އަހަރު ނޮޅިވަރަންފަރުގައި ވެރިކަން ކޮށްފައިވެ އެވެ. ކުޅުދުއްފުއްޓަށް ވެރިކަން ބަދަލުކޮށްފައިވަނީ 1992 ވަނަ އަހަރު އެވެ.

އަނެއްކާވެސް އަލުން އަނބުރާ އަތޮޅުވެރިކަން ހޯދުމަށް އެރަށުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ނޮޅިވަރަންފަރު ކައުންސިލުން މާލެއަށް ކުރަމުންދާ ދަތުރުގައި އެރަށަށް އަނބުރާ އަތޮޅުވެރިކަން ބަދަލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާކަމަށް އެރަށު ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު އިބުރާހިމް ކޭއޯއަށް ވިދާޅުވީ މިދަތުރުގެ މައިގަނޑުއެއް މަގުސަދަކީ އަތޮޅުވެރިކަން އަނބުރާ ހޯދުމަށް ސަރުކާރުގެ މުވައްސަސާތަކާ މަޝްވަރާކުރާނެ ކަމަށެވެ. އެގޮތުން އެކަމާ ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓްރީއާ ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ

އެގޮތުން ރައީސް ސޯލިހާއި ބުދަ ދުވަހު ބައްދަލުކުރަން ހަމަޖެހިފައިވާއިރު ހޯމް މިނިސްޓްރީއާ މާދަމާ އެކައުންސިލުން ބައްދަލުކުރާނެކަމަށް އެކައުންސިލުން މައުލޫމާތުދެއްވަ އެވެ.

ބިމުގެ ގޮތުން ބޮޑު ނޮޅިވަރަންފަރަކީ ހދ އަތޮޅުގައި ދެވަނައަށް އެންމެ ބޮޑު ރަށެވެ. އަދި އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އެރަށަށްވަނީ އަތޮޅުގެ ތިން ރަށެއްގެ މީހުން ބަދަލުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355