twitterviber whatsapp telegramfacebookyoutube instagram
19th April 2024

ނޮޅިވަރަންފަރުގައި ފަތުރުވެރިކަން ފުޅާކޮށް އިތުރަށް ތަރައްގީކުރުމަށް މަޝްވަރާކޮށްފި

Jan 29, 2019

2008 ވަނަ އަހަރު ނަލަވެލި މޯލްޑިވްސްއަށް ނޮޅިވަރަންފަރުން ޓޫރިޒަމް ތަރައްގީކުރުމަށް ދޫކޮށްފައިވާ ސަރަހައްދު ތަރައްގީ ކުރުމާއި ބެހޭގޮތުން ނޮޅިވަރަންފަރު ކައުންސިލާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއެކު މަޝްވަރާކޮށްފި އެވެ.

އެ ސަަރަހައްދު ދޫކުރުމަށްފަހު މިހާތަނަށް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން ފާހަގަ ކުރަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ މި ބައްދަލުވުމުގައި ޓޫރިޒަމް ޒޯންގެ ގެގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދު ލޯކަލް ޓޫރިޒަމް ނުވަތަ ޓޫރިސްޓް ހޮޓެލް ތަރައްގީ ކުުރުމާއި ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި އެމްއައިޓީޑީސީގެ ފަރާތުން އެދެވޭ ޖަބާވެއް ލިބިފައިވާކަމަށާއި މިނިސްޓްރީގެ ތެރެއިން ކުރެވެން ހުރި ކަންކަން ކައުންސިލާއި ގުޅިގެން ފަހިކޮށްދޭނެ ކަމަށާއި މިނިސްޓްރީއާއިއެކު ބައްދަލުކުރުމަށް އެޕޮއިންޓްމެންޓް ހޯދުމަށްވެސް އެހީތެރިވާނެކަމަށް ވިދާޅުވެފައިވާކަމަށް އަހުމަދު ވިދާޅުވި އެވެ.

އަދި މީގެ އިތުރުން ލޯކަލް ޓުއަރިޒަމް ތަރައްގީ ކުުރުމަށް ރަށުގައި ކަނޑައަޅާފައިވާ ސަރަހައްދުގައި މަސައްކަތް ފެށުމަށް އެހީތެރިވެދެއްވާނެ ކަމަށާއި ކައުންސިލުން ބޭނުންވަނީ މި މަސައްކަތް ފުޅާދާއިރާއެއްގައި ރަށުގައި ކުރިއެރުން ކަމަށާއި އެކަމުގެ ސަބަބުން ރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަން އަހުމަދު ފާހަގަ ކުރެއްވި އެވެ.

ނޮޅިވަރަމްފަރުގައި މިހާރުވެސް އަންނަނީ ގެސްޓްހައުސްއެއް ހިންގަމުންނެވެ. ލޯކަލް ޓުއަރިޒަމް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދެވޭނެ ރަށެއްކަން ފާހަގަ ކުރައްވަމުން އަހުމަދު ވަނީ އަމިއްލަ ފަރާތެއްގެ ގެސްޓްހައުސްއެއް ރަށުގައި ވަރަށް އަވަހަށް އޮޕަރޭޓްކުރަން ފަށާނެކަމަށް ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355