twitterviber whatsapp telegramfacebookyoutube instagram
19th February 2026

އަތޮޅު ކައުންސިލުތަކުގެ ބަދަލުގައި މޭޔަރެއް ބެހެއްޓުން ރަނގަޅު: ސުއޫދު

Jan 29, 2019

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ކޮންމެ އަތޮޅަކަށް މޭޔަރެއް ހަމަޖެއްސުމަކީ ރަނގަޅު ހިޔާލެއް ކަމަށް ރައިސުލްޖުމްހޫރިއްޔާގެ ރިޔާސީ ކޮމިސަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ސުއޫދު ވިދާޅުވީ އަތޮޅުތަކަށް އައްޔަނު ކުރައްވާ މޭޔަރުންގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި އެޑްވައިޒަރީ ކައުންސިލްތަކެއް އެކުލަވައިލެވިދާނެ ކަމަށެވެ. އެ އެޑްވައިޒަރީ ކައުންސިލުގައި ހިމެނޭނީ އެ އަތޮޅެއްގެ ރަށްތަކުގައި ކައުންސިލް ރައީސްކަމުގެ މަގާމުގައި ތިއްބަވާ ބޭފުޅުންކަމަށްވެސް ސުއޫދުގެ ޓްވީޓުގައި ވަނީ ހިޔާލު ދެއްވައިފައެވެ.

ސުއޫދު ފާހަގަކުރަށްވާފައިވާ ގޮތުގައި އެގޮތަށް ހެދުމުގެ ސަބަބުން ހަރަދުކުޑަވެގެން ދާނެކަށާއި އެ ސޭވިންތަކުން ރަށްތަށް ތަރަށްގީ ކުރުމަށް ހޭދަކުރެވިދާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355