twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ޑޮކްޓަރުން ހޯދަނީ

Jan 29, 2019

އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ކްޓަރުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ހެލްތް މިނިސްޓްރީން އިއްޔެ އިއްޔެ އިއުލާންކޮށްފައިވަނީ 483 ޑޮކަޓަރުން ހޯދުމަށެވެ. އެއީ 319 ޖެނެރަލް ޑޮކްޓަރުންނާއި 164 ސްޕެޝަލިސްޓް ޑޮކްޓަރުންނެވެ.

އެގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 41،000ރ. ލިބޭނެ އެވެ. އަދި އިތުރު ގަޑި އާއި އެ މަގާމުގެ އިތުރު އިނާޔަތްތައް ލިބޭނެ އެވެ. އަދި ޖެނެރަލް ޑޮކްޓަރުންގެ ތެރެއިން ސީނިއާ މެޑިކަލް އޮފިސަރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު 25،000ރ. އާއި 30،000ރ. އާ ދެމެދުގެ އަދަދެއް ލިބޭއިރު، މެޑިކަލް އޮފިސަރުންނަށް 23،000ރ. އާއި 26،000ރ. އާ ދެމެދުގެ އަދަދެއް ލިބޭނެ އެވެ. އަދި އިތުރު ގަޑީގެ ފައިސާ އާއި އިތުރު އިނާޔަތްތައް ލިބޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

މީގެ އިތުރުން 100 އަށް ވުރެގިނަ ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި 25 ރޭޑިއޯގްރާފަރުންނާއި 17 ފިޒިއެތޮރަޕިސްޓުން ހޯދަން ވެސް ހެލްތް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.

ޖެނެރަލް ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ބޭނުންވާ އަތޮޅުތަކުގެ ހޮސްޕިޓަލްތައް އެ އިއުލާނުގައި ހިމަނާފައިވެ އެވެ. އޭގެ ތެރެއިން ސްޕެޝަލިސްޓް ޑޮކްޓަރުން އެދޭ ތަނެއްގައި އެ މީހަކަށް މަސައްކަތް ކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355