twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަތޮޅުވެރިކަން ބަދަލުކުރުމުގެ މަޢުލޫއަށް އަމީންގެ ތަފާތު ހިޔާލެއް !

Jan 29, 2019

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވުމުން، ހދ އަތޮޅުގެ ވެރިކަން ކުރާނެ ރަށެއް ކަނޑައެޅުމަށް ގިނަ ބަހުސްތަކެއް މިހާރު ކުރެވެމުންނެވެ. ވާދަވެރިކަންވެސް ބޮޑެވެ. ކޮންމެ ރަށެއްވެސް ބޭނުންވަނީ އެރަށަކަށް އަތޮޅުވެރިކަން ބަދަލުކުރުމަށެވެ. އަތޮޅުވެރިކަން ހޯދުމަށް ބައެއް ރަށްރަށުން ފައިނަގާފައިވާއިރު އެކަމުގެ ފޯރި ވަނީ ވަރަށް ގަދަވެ އެވެ. ކައުންސިލަރުންނާއި ރައްޔިތުން މީސްމީޑިއާގައި އެރަށަކަށް އަތޮޅުވެރިކަން ބަދަލުކުރަން ޖެހޭ ސަބަބުތައް ދަނީ ހާމަކުރަމުންނެވެ.

މިކަމުގެ ތެރެއަށް ކުމުންދޫ ކައުންސިލުންގެ ރައީސް އަމީން މުހައްމަދު މިވަނީ ތަފާތު ހިޔާލެއް ދޫކޮށްލާފަ އެވެ. އަމީން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި އަތޮޅުގެ ވެރިކަން ކުރާ ރަށް ސިޓީއަކަށް ބަދަލުވުމުން އަތޮޅުވެރިކަމުގެ އިދާރާ ހިންގުން ވަކި ރަށްށަކަށް ކޮންމެހެން ބަދަލުކުރަން ޖެހޭ ތޯ ސުވާލު އުއްފަދާފަ އެވެ.

އެކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދާލުމަށް އަމީނަށް ގުޅާލުމުން ވިދާޅުވީ ވަކި އަތޮޅުވެރިކަން ކުރާ ރަށް ސިޓީއަކަށް ބަދަލުވުމުން އަތޮޅުވެރިކަމުގެ އިދާރީ ހިންގުން ކޮންމެހެން އެހެން ރަށްށަކަށް ބަދަލުކުރަން ނުޖެހޭ ކަމަށެވެ. އަތޮޅުވެރިކަން އެހެން ރަށްށަކަށް ބަދަލުކުރަން ކުރާ ކަމަކީ ބޭކާރު ބޮޑު ހަރަދަކަށް ވެގެންދާނެ ކަމަށް ދެކިލައްވާކަމަށެވެ. އަމީން ވިދާޅުވީ އަތޮޅުވެރި ރަށް ސިޓީއަކަށް ބަދަލުވުމުންވެސް އިދާރީ ހިންގުން ކުރިން ހިންގި ގޮތަށް ކުޅުދުއްފުށީގައި ހިންގި ދާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ފެރީ ދަތުރުތަކާއި ގިނަ ހިދުމަތްތައް ހޯދުމަށް ރައްޔިތުން ދަނީ ކުޅުދުއްފުއްޓަށްކަމުން އެނޫން އެހެން ގޮތަކަށް ފެރީ ދަތުރުތައް ހެދުމުން ރައްޔިތުންނަށް ދަތިތައް ކުރިމަތިވާނެ ކަމަށެވެ.

އަމީން ވިދާޅުވީ އަތޮޅުވެރިކަން ބަދަލުކުރުމުގެ ބަދަލުގައި ރަށްރަށުގެ ކައުންސިލްތައް ހަރުދަނާކޮށް ހިދުމަތް ފުޅާ ކުރުން މުހިންމުކަމަށެވެ. ރަށު ކައުންސިލްތަކުގެ ހިންގުން ދައުލަތުން ބޮޑެތި ބަދަލުތަކެއް ގެނެސް އެ ކައުންސިލްތަކަކީ ހިންގުންތެރި ކައުންސިލްތަކަކަށް ހެދުމަށް ދައުލަތުން އެހީފޯރުކޮށް ދިނުން މުހިންމުކަމަށް އަމީން ވިދާޅުވި އެވެ.

ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވުމުން ހދ އަތޮޅުން ނެއްޓިގެންދާނެ އެވެ. މިއީ އަތޮޅެއްގެ ތެރޭގައި ވަކިން އޮތް ރަށްށަކަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާ ފުރަތަމަ ރަށެވެ. ސަރުކާރުތަކުން ކުޅުދުއްފުށީ ތަރައްގީ ކުރަމުންދަނީ އަތޮޅެއްގެ ވެރިކަންކުރާ ރަށްށަކަށްވުރެ ސަރަހައްދީ ރަށެއްގެ ގޮތުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355