twitterviber whatsapp telegramfacebookyoutube instagram
8th June 2026

ނޮޅިވަރަމް ކައުންސިލް މެމްބަރު ނަސީރުވެސް މަޖިލީހަށް ކުރިމަތިލައްވަނީ

Jan 30, 2019

ހދ ނޮޅިވަރަމް ކައުންސިލްް މެމްބަރު އިބުރާހިމް ނަސީރު އަންނަ މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމައިފި އެވެ.

ޕީޕީއެމް ޓިކެޓެއްގައި ކައުންސިލަރުކަމަށް އިންތިހާބުވި ނަސީރު މަޖިލީހަށް ނިކުންނަވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އެވެ.

މަޖިލީހަށް ވާދަކުރައްވާ ސަބަބު ހާމަކުރައްވަމުން ނަސީރު ވިދާޅުވީ މިހާތަނަން އެދާއިރާއަށް ކުރިމަތިލައްވާފައި ތިބި ބޭފުޅުންނަށް ބަލާއިރު އެ ދާއިރާގެ އަޑު އުފުލާނެ އަދި ކުރިއެރުން ހޯދައިދޭނެކަމުގެ ޔަގީންކަން އެ ބޭފުޅުންގެ ނެތުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ނޮޅިވަރަމް ދާއިރާ މިއަދު އޮތް ހާލަތުން އަރައިގަތުމަށް ދާއިރާގެ ދަރިޔަކު ނިކުންނަށް ޖެހޭކަމަށް ގަބޫލުކުރެވޭތީ ނިކުތީ ކަމަށެވެ. އަދި މިހާލަތު ބަދަލުކުރެވޭނީ ދާއިރާއަށް ނިސްބަތްވާ ދަރިން ހޮވައިގެން ކަމަށް ގަބޫލުކުރެވޭކަމަށްވެސް ނަސީރު ވިދާޅުވި އެވެ.

ނޮޅިވަރަމް ދާއިރާގައި ހިމެނެނީ ނޮޅިވަރަމް އަދި ނޮޅިވަރަންފަރެވެ. މިއީ އާބާދީގެ ގޮތުގައިވެސް ބޮޑު ދާއިރާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355