twitterviber whatsapp telegramfacebookyoutube instagram
5th November 2025

ފިނޭގެ ބަނދަރާއި ބަނދަރާ ގުޅިފައިވާ މަގުތައް އަލިކުރުމުގެ މަޝްރޫއެއް

Jan 30, 2019

ހދ. ފިނޭ ބަނދަރާއި ބަނދަރާ ގުޅިފައިވާ މަގުތައް ލައިޓް ހަރުކުރުމުގެ މަޝްރޫއުއެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މިމަޝްރޫއު އެރަށު ކައުންސިލުން ހަވާލުކޮށްފައިވަނީ މެކްސްޓަރ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

އަށްލައްކަ ރުފިޔާއަށްވުރެ ބޮޑު މިމަޝްރޫއުއަށް ސަރުކާރުން ދީފައިވަނީ އެންމެ އެއްލައްކަ ރުފިޔާ އެވެ. މިމަޝްރޫއުގެ ދަށުން އެރަށުގެ ބަނދަރާއި ބަނދަރަށް ދިޔުމަށް ހުންނަ މަގުތަކުގައި ލައިޓް ހަރުކުރެވޭނެ އެވެ.

އެގޮތުން 32 ލެޑްލައިޓް މި ޕްރޮޖެކްޓްގެ ދަށުން ހަރުކުރަން ހަމަޖެހިފައިވާއިރު 55 ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމަން ޖެހެ އެވެ.

މިމަޝްރޫއުއާ ބެހޭގޮތުން ވާހަކަދައްކަވަމުން ފިނޭ ކައުންސިލްގެ ނައިބު ރައީސް އަބުދުއްރަހީމް މުހައްމަދު ވިދާޅުވީ، މި މަޝްރޫއުއަކީ ކައުންސިލްގެ މާލިއްޔަތު ވަރަށް ބޮޑު ހޭދައެއްކޮށްގެން ކުރިއަށްގެންދާ މަޝްރޫއެއްކަން ފާހަގަކުރެއްވި އެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރަށްދާ އޮންނަ ބޮޑުމަގުގައިވެސް ލައިޓް ހަރުކުރެވިގެންދާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އަބުދުއްރަހީމް ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355