ވެލި އަރައި ތިލަވެފައިވާ ހދ ނެއްލައިދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް މާދަމާ ފަށަން މަސައްކަތް ކުރަމުންދާ ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފި އެވެ. ވެލި އެރުމުގެ ސަބަބުން އެރަށުގެ ބަނދަރު ދެކުނު ފަރާތް ވަނީ ބީޗަކަށްވެފަ އެވެ.
އެކަމަށް ހައްލު ހޯދުމަށް އެރަށުގެ ކައުންސިލުން މަސައްކަތް ކުރަމުންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
ނެއްލައިދޫ ކައުންސިލްގެ ރައީސް އިބުރާހިމް ނާޒިމް މިއަދު ކޭއޯއަށް ވިދާޅުވީ އެރަށުގެ ބަނދަރު ފުން ކުރުމަށް ބޭނުންވާ ވެހިކަލްތައް މިއަދު އެރަށަށް ގޮސްފައިވާ ކަމަށެވެ. އެހެންވެ ބަނދަރު ފުންކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފަށާނެކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުން އާދޭސްކުރަނިކޮށް ފަރުވާ ކުޑަކޮށް ބަނދަރު ހެދުމުންގެ ހިތި ނަތީޖާ ނެއްލައިދޫން !
ނާޒިމް ވިދާޅުވީ ބަނދަރު އެއްފަރާތް އެއްކޮށް ހިކިފައިވާއިރު ބަނދަރުގެ އެހެން ސަރަހައްދުތައްވެސް ވެލިއަރައި ވަރަށް ބޮޑަށް ތިލަވެފައިވާ ކަމަށެވެ. އެރަށުގެ ބަނދަރު ތިލަވެފައިވުމުގެ ސަބަބުން ރައްޔިތުންނަށް ދަނީ ބޮޑެތި އުނދަގޫތައް ފޯރަމުންނެވެ.
ބަނދަރު ފުންކުރުމަށް ބޭނުންވާ ވެހިކަލްތައް ނެއްލައިދޫ ބަނދަރުގައި–ފޮޓޯ: ސާމީ
އޭނާ ވިދާޅުވީ މިމަޝްރޫއުއަކީ ވަކި ބަޖެޓްގައި ހިމަނައިގެން ކުރިއަށްގެންދާ މަޝްރޫއުއެއް ނޫން ކަމަށެވެ. މިމަޝްރޫއު ކުރިއަށްގެންދަނީ ހައުންސިންގ މިނިސްޓްރީގެ ޕަބްލިކް ވާކްސްގެ ފަރާތުން ކަމަށެވެ.