twitterviber whatsapp telegramfacebookyoutube instagram
3rd June 2026

ޖޭޕީގެ ޓިކެޓްގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ނަސްރު !

Jan 31, 2019

އަންނަ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީގެ އުތުރު ދާއިރާގެ ޖޭޕީގެ ޓިކެޓް ކުރީގެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ އިސްމާއިލަށް ދީފި އެވެ.

ނަސްރުﷲ ވަނީ މިދިޔަ މަޖިލިސް ދައުރުގައިވެސް އެދާއިރާއަށް ވާދަކުރައްވާފަ އެވެ. ނަމަވެސް އެ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ ނަސްރުއާ ވާދަކޮށްގެން ހަނި ތަފާތަކުން އެމްޑީޕީގެ ޓިކެޓްގައި ނިކުތް އަބުދުލްގަފޫރު މޫސާ އެވެ.

މިފަހަރު ނަސްރު އާ ވާދަކުރައްވަން ޖެހިވަޑައިގަންނަވާނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ބޮޑު އަގުލަބިއްޔަތަކުން ޓިކެޓް ހޯދަވާފައިވާ ޔާސިރު އަބުދުލްލަތީފްއާ އެވެ. އެމްޑީޕީ އާއި ޖޭޕީގެ އިތުރުން، އިތުރު ޕާޓީއަކުން އެ ދާއިރާއަށް ވާދަކުރައްވާނެކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޖުމްހޫރީ ޕާޓީއިން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 36 ބޭފުޅަކަށް ރޭ ވަނީ ޓިކެޓް ދޭން ނިންމާ އެކަން ހާމަކޮށްފަ އެވެ.

ނަސްރުﷲ ވަނީ ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުވެސް އަދާކުރައްވާފަ އެވެ. އަދި އޭގެ އިތުރުން މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ކޯލިޝަނުން ކުޅުދުއްފުށީގައި ބޭއްވި ގިނަ ކަންމަތީ ޖަލްސާތަކުގައި ވާހަކަދައްކަވައި ކެމްޕެއިންކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355