twitterviber whatsapp telegramfacebookyoutube instagram
23rd April 2024

6 އަހަރުގެ އަޒާންގެ އެއް ކިޑްނީ ފެއިލްވެފައި، ދިރިއުޅުމެއް ހޯދައި ދިނުމަށް އެހީއެއް

Feb 2, 2019

ދަރިންނަކީ ވަރަށްވެސް މަތިވެތި ނިއުމަތެވެ. އަދި ކޮންމެ މަޔަކާއި ބަފަޔަކުވެސް ދަރިއަކު ހޯދާނީ އެތަކެއް ފޮނި އުންމީދުތަކަކާއި އެކުގައެވެ. އެ ކުދިންނަށް ފާގަތިކަމާއި ދުޅަހެޔޮ ސިއްހަތެއް ލިބުމަށް އެދޭ ހާލުގައެވެ. ނަމަވެސް ބައެއް ފަހަރު މައިންބަފައިންގެ އުއްމީދު ފުރިހަމަކުރުމަށް އެ މައިން ބަފައިން އެތަކެއް ތަކުލީފާއި ވޭނުގައި އުޅެން ޖެހެއެވެ. ދަރިންގެ މުސްތަގުބަލަށްޓަކައި ނުވަތަ އެދަރިންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައިދީ އެހެން ކުދިންނެކޭވެސް އެއްފަދައިން މުޖުތަމައުގައި އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ބޭނުންވާ އެތަކެއް މައިންބައިންނެއް މިރާއްޖޭގައިވެސް އެބައުޅެއެވެ. އެގޮތުން އުމުރުން އެންމެ ހަ އަހަރުގެ އަޒާން މުހައްމަދު ވަހީދުގެ މައިންބަފައިންނަކީވެސް އެފަދަ އުންމީދުތަކެއް ކުރަމުން އަންނަ ދެމަފިރިންނެވެ.

ހދ.ކުރިނބީ ޖަވާހިރުމާގެ މުހައްމަދު ވަހީދު އާއި މަރިޔަމް ފަރުޒާންގެ ދެމަފިރިންގެ ހުރި ހަމަ އެކަނި ދަރިފުޅު އުމުރުން އެންމެ ހަ އަހަރުގެ އަޒާން މުހައްމަދު ވަހީދަކީ ކިޑްނީގެ މައްސަލަ ހުންނަކަން ފާހަގަ ކުރެވިގެން އުމުރުން ދެ އަހަރު ފެށިގެން ފަރުވާ ހޯދަމުން އަންނަ ކުއްޖެކެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އެ އާއިލާއިން ބުނީ ގައިތަންތަން ދުޅަވާތީ ފުރަތަމަ ދެއްކީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ކަމަށާއި ނަމަވެސް އެއީރު ސީދަ މައްސަލަ ދެނެގަންނަށް ނޭނގުނު ކަމަށެވެ.އެއަށްފަހު މާލެއަށް ދެއްކުމުން އެނގުނީ ކިޑްނީގެ މައްސަލައެއް ހުރިކަމަށެވެ.

އެއަށްފަހުވެސް ގަވައިދުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ދައްކަމުން ގެންދިޔަ ކަމަށްވެސް އާއިލާއިން މައުލޫމާދު ދިނެވެ.

ނަމަވެސް ކުއްލިއަކަށް މާބޮޑަށް ބަލިވެގެން މިދިޔަ މަހު 27 ވަނަދުވަހު އައިޖީއެމް އެޗް އަށް ދެކުމުން އަޒާންގެ އެއްކިޑްނީ ފެއިލްވެފާ ވާކަމަށް ޑޮކްޓަރުން ބުނިކަމަށް އާއިލާމެންބަރު ބުންޏެވެ. އަދި ޑޮކްޓަރުން ލަފާދެއްވީ ޑަޔަލަސިސް ހެދުމަށެވެ. ނަމަވެސް އައިޖީއެމްއެޗް އިން މި ވަގުތު ޑަޔަލަސިސް ހެދެން ނެތްކަމަށެވެ. އަޒާން އޮޕަރޭޝަން ކުަރަން ޖެހޭ ކަމެއް ނުވަތަ ނޫންކަމެއް އެނގޭނީ ރާއްޖެއިން ބޭރަށް ގެންގޮސް ދެއްކުމުން ކަމަށާއި، ބޭހުންވެސް ރަނގަޅުވެދާނެ ކަމަށް އައިޖީއެމްއެޗުން ބުނެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.

ވީހާވެސް އަވަހަށް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާދީފައިވާތީ އެއާއިލާއިން މިހާރު ދަނީ ބެންކޮންގެ އެން ޔޫ ހޮސްޕިޓަލުން އިތުރު ފަރުވާ ހޯދަމުންނެވެ. އަޒާންގެ މައިން ބަފައިން އެދިލައްވަނީ ތިޔަ އެންމެހާ ބޭފުޅުންގެ ދީލަތި އެހީ އަށާއި ހެޔޮ ދުއާ އަށެވެ.

އެއާއިލާއަށް އެހީތެރިވެދެއްްވުމަށް ބޭނުންވާ ފަރާތްތަކުން އަޒާންގެ ބައްޕަ މުހައްމަދު ވަހީދު ފައިސާ އެކައުންޓް 7730000036586 އަށް ފައިސާ ފޮނުވޭނެއެވެ. އަދި އާއިލާއަށް ގުޅުއްވަން ބޭނުންވާ ފަރާތްތަކުން އަޒާންގެ ބޭބެ ނަންބަރު 9824406 އަށް ގުޅުއްވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355