މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ފުވައްމުލަކު ސިޓީގައި ބާއްވާ ގޮތަށް ނިންމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މާރޗް މަހުގެ 24 ން 28 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގައި 8 އުމުރުފުރާއަކުން 102 އިވެންޓް ބާއްވަން ހަމަޖެހިފައިވާކަމަށް އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޮލްޑިވްސް އިން ހާމަކުރެއެވެ.
ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އުމުރުފުރާތަކަކީ 13 އަހަރުންދަށުގެ އަންހެން އަދި ފިރިހެން ، 15 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ، 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ އިތުރުން 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންނެވެ.
މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަންޓީމަށް 7000.00ރުފިޔާ ދެވަނަ ޓީމަށް 5000.00ރުފިޔާ އަދި ތިންވަނަ ޓީމަށް 3000.00 ރުފިޔާގެ އިނާމު ވެސް ވަނީ ހުށަހަޅާފައެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ ފެބުރުއަރީ 14 ވަނަދުވަހުގެ ނިޔަލަށެވެ.