twitterviber whatsapp telegramfacebookyoutube instagram
29th March 2024

އާބާދީ ބޮޑުވުން ނުވަތަ އެއާޕޯޓެއް އޮތުން އެއީ އަތޮޅުވެރިކަން ލިބެން ޖެހޭ ސަބަބެއް ނޫން

Feb 2, 2019

އެއްވެސް ދިރާސާއަކާ ނުލައި ހަމައެކަނި އާބާދީ ބޮޑު ވީތީ ނުވަތަ އެއާޕޯޓެއް އޮތުމަކީ އެއީ އަތޮޅުވެރިކަން އެރަށަކަށް ބަދަލު ކުރެވޭނެ އުސޫލެއް ނޫންކަމަށް ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މީސް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި އަހުމަދު ވިދާޅުވެފައިވަނީ އަތޮޅުވެރިކަން ބަދަލު ކުރާއިރު ދާއިރާގެ އެހެން ރަށްރަށުގެ ރައްޔިތުން އެރަށަކަށް އައިސް ގޮސް އުޅުމާއި، އާބާދީ ބޮޑުކުރުމަށް ރަށުގެ ބިމުގެ ތަނަވަސްކަމަށް ވެސް ބަލަން ޖެހޭކަމަށެވެ.

“އެއްވެސް ދިރާސާއަކައި ނުލައި ހަމައެކަނި އާބާދީ ބޮޑު ވީތި އެއާޕޯޓް އޮތީތީއޭ ކިޔާފަ އަތޮޅުވެރިކަން ބަދަލުކުރުމަކީ އެއްވެސް އުސޫލެއް ނޫން” ޕޯސްޓުގައި އަހުމަދު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އެންމެ އާބާދީ ބޮޑު، ހުރިހާ ހިދުމަތެއް ލިބޭ ރަށަކަށް އަތޮޅުވެރިކަން ކުރާ ނަމަ މާލެ އަތޮޅުގައި ވެރިކަން ކުރަން ޖެހޭނީ މާލޭގައި ނުވަތަ މާފުށީގައި ކަމަށާއި ހދ އަތޮޅުގައި ކުޅުދުއްފުށިި ފިޔަވާ އަތޮޅުވެރިކަން ކުރަން ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު ރަށަކީ ނޮޅިވަރަންފަރު ކަމަށްވެސް އަހުމަދު ވިދާޅުވެފައިވެ އެވެ.

ކުޅުދުއްފުއްޓަށް ވެރިކަން ބަދަލު ވުމުގެ ކުރިން އަތޮޅުވެރިކަން ކޮށްފައިވަނީ ނޮޅިވަރަންފަރުގަ އަދި ތިލަދުންމަތި އެއް އަތޮޅެއްގެ ގޮތުގައި އޮތްއިރުވެސް އަތޮޅުވެރިކަންކޮށްފައިވަނީ ނޮޅިވަރަންފަރުގަ އެވެ. އެގޮތުން ޖުމްލަ 400 އަހަރަށްވުރެ ގިނަ ދުވަސް އެރަށުގައި ވެރިކަންކޮށްފައިވެ އެވެ.

ކުޅުދުއްފުށި ފިޔަވާ ހދ އަތޮޅުގައި އެންމެ އާބާދީ ބޮޑީ ނޮޅިވަރަމްގަ އެވެ. ހދ ގައި އެއާޕޯޓެއް އޮންނަނީ ހަމައެކަނި ހަނިމާދޫގަ އެވެ. ބެލެވޭގޮތުގައި އަހުމަދުގެ ޕޯސްޓްގައި ފާހަގަކޮށްފައިވަނީ ނޮޅިވަރަމް އާއި ހަނިމާދޫ އެވެ. އެ ރަށަކަކީ އަތޮޅުވެރިކަމަށް ފައިނަގާފައިވާ ދެ ރަށެވެ.

ކުޅުދުއްފުށީ އާބާދީގައި ދިހަ ހާސް ހަމަވެ، ސިޓީއަކަށް ބަދަލު ކުރުމަށް ނިންމުމާއި ގުޅިގެން އަތޮޅުވެރިކަން ބަދަލުކުރުމަށް އަތޮޅުގެ އެހެން ރަށްރަށުން ދަނީ ވާދަކުރަމުންނެވެ.

އެރަށަކަށް އަތޮޅުވެރިކަން ބަދަލުކުރަން ޖެހޭ ސަބަބުތައް އެކި ރަށްރަށުން ހާމަ ކުރަމުންދާއިރު މީގެ ކުރިން އައްޑޫ އަތޮޅާއި ފުވައްމުލައް، ސިޓީއަކަށް ހެދިއިރު މި ހާލަތު އައިސްފައިނުވަނީ އޭރު ސިޓީއަކަށް ހަދާފައިވަނީ މުޅި އަތޮޅު ކަމަށްވާތީ އެވެ.

ކުޅުދުއްފުއްޓަކީ ވަކިން ރަށެއް ސީޓީ އަކަށް ވެގެންދާ ފުރަތަމަ ރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355