twitterviber whatsapp telegramfacebookyoutube instagram
26th April 2024

އުރީދޫގެ “ފަތާލަމާ” ޕްރޮގްރާމް ތައާރަފްކޮށްފި

Feb 2, 2019

އުރީދޫ މޯލްޑިވްސްގެ “ފަތާލަމާ” ޕްރޮގްރާމް ތައާރަފްކޮށް، ސްވިމް މޯލްޑިވްސް އާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނަށް ރައްކާތެރިކަމާއިއެކު ފަތަން ދަސްކޮށްދިނުމަށް ތަމްރީން ޕްރޮގްރާމުތަކެއް ހިންގުމަށް ނިންމައިފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވިގެންދާނެ މި ތަމްރީނު ޕްރޮގްރާމުގައި ނުރައްކާތެރި ހާލަތެއްގައި ކަންކުރަންވާ ގޮތް އުނގަންނައިދިނުމާއި ވާދަވެރިކޮށް ފެތުމުގެ އުކުޅުތައްވެސް ދައްކުވައިދީ، ފެތުމުގެ ދާއިރާއަށް ނުކުތުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ.

ސްވިމް މޯލްޑިވްސް އިން ބ އަތޮޅުގައި ކުރިއަށްގެންދަމުންދާ “ބާ ކްރޯލް” ގެ އިފްތިތާހީ ހަރަކާތުގައި، މިއަދު ހެނދުނު ފަތާލަމާ ސްވިމިންގ ކޭމްޕް ތައާރަފް ކޮށްދީފައިވަނީ މިނިސްޓަރ އޮފް ޓުއަރިޒަމް އޮނަރަބަލް އަލީ ވަހީދު، އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒު އަދި ސްވިމް މޯލްޑިވްސްގެ ފައުންޑަރ ހުސެން ޝަމީމް އެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ކޭމްޕުތައް ބޭއްވިގެންދާނީ ފެބްރުއަރީގެ ފުރަތަމަ ހަފްތާ ތެރޭގައި ބ އަތޮޅުގެ ހަތް ރަށެއްގައެވެ. މީގެތެރޭގައި އޭދަފުށި، ދަރަވަންދޫ، ދޮންފަނު، ކިހާދޫ، ކުޑަރިކިލު އަދި ކެންދޫ ހިމެނެއެވެ. އަދި ކުރިއަތް އޮތް އަހަރު ތެރޭގައި، ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގައި މި ކޭމްޕުތައް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

އުރީދޫ ކަލަރ ރަން، މަސްރޭސް އަދި ތަފާތު ކުޅިވަރުތަކަށް ފޯރުކޮށްދޭ އެހީތެރިކަން މެދުވެރިކޮށް ދުޅަހެޔޮ މުޖުތަމައު އެއް ބިނާ ކުރުމަށްޓަކައި އުރީދޫ އިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދި ސްވިމް މޯލްޑިވްސް ފަދަ ތަފާތު އެކި ޕާޓްނަރުންނާއި ގުޅިގެން، މި މަސައްކަތް ކުރިއަށްގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355