twitterviber whatsapp telegramfacebookyoutube instagram
25th April 2024

12 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކޮށްދޭނެ ބަޔަކު ހޯދަނީ

Feb 2, 2019

12 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފައިވާ 8 ރަށަކީ ހއ. އުލިގަމު ށ. މަރޮށި ނ. ކެނދިކުޅުދޫ ރ. ރަސްގަތީމު ބ. ހިތާދޫ ތ. ވަންދޫ ތ. ކިނބިދޫ އަދި ގއ. ކަނޑުހުޅުދޫއެވެ. މި 8 ރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި ސަތޭކަ ފަންސާސް ހާސް ރުފިޔާ ދައްކަންޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި 8 ރަށުގެ އިތުރުން ހދ. ނޮޅުވަރަމް، ށ. ކަނޑިތީމު އަދި ރ. އަލިފުށީގައި ފެނުގެ ނިޒާމް ގާއިމުކޮށްދޭނެ ބަޔަކު ހޯދުމަށާއި، ށ. ފޯކައިދޫގައި ނަރުދަމާ ނިޒާމް ޤާއިމުކޮށްދޭނެ ބަޔަކު ހޯދުމަށްވެސް އެ މިނިސްޓްރީން ވަނީ އިއުލާންކޮށްފައިވެއެވެ. މި 4 މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވަނީ ހަތްދިހަ ފަސްހާސް ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ހުރިހާ މަޝްރޫއެއްވެސް ހިންގުމަށް ހަމަޖެހިފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންކަމަށާއި މި މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން އެވޯޑު ކުރުމުގެ މަސައްކަތް ކުރިއަށްދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އައިސީބީ އުސޫލުންކަމަށެވެ. މި މަޝްރޫއުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 13 ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

8 ރަށެއްގެ ފެނާއި ނަރުދަމާއާއި، 3 ރަށެއްގެ ފެނުގެ ނިޒާމު އަދި އެއް ރަށުގެ ނަރުދަމާ ނިޒާމް ޤާއިމުކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފައިވާއިރު 8 ރަށެއްގެ މަގުހެދުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށްވެސް އެ މިނިސްޓްރީން ދާދިފަހުން އިއުލާންކޮށްފައިވެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355