twitterviber whatsapp telegramfacebookyoutube instagram
31st July 2025

ހަރުގަނޑެއް ކަހާލައިގެން ވެއްޓި ޒުވާނަކު މަރުވެއްޖެ

Feb 2, 2019

ސިއްރު ފެންފުށީގެ ގެސްޓް ރޫމެއްގެ މަސައްކަތެއް ކުރަން ހަރުގަނޑަކަށް އަރައި ހުރި ޒުވާނަކު ވެއްޓި މަރުވެއްޖެ އެވެ. މިހާދިސާގައި މަރުވެފައިވަނީ ށ މާއުންގުދޫއަށް ނިސްބަތް 22 އަހަރުގެ އަބުދުﷲ އަހުސަން އެވެ.

ސިއްރު ފެންފުށީގައި މަސައްކަތް ކުރާ މީހަކު ކޭއޯއަށް ބުނީ އޭނާ ވެއްޓުނީ ގެސްޓް ރޫމެއްގައި މަސައްކަތެއް ކުރަން ހަރުގަނޑަކަށް އަރައި ހުއްޓަށް، ހަރުގަނޑު ކަހާލައިގެން ވެއްޓި ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް އަހުސަން ގެނައިރުވެސް އޭނާ އޮތީ މަރުވެފައިވާކަމަށް އޭނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

އޭނާގެ ހަށިގަނޑުގެ ބޭރަށް މާބޮޑު ގެއްލުމެއްވެފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355