twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހެލްތް ސާވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހަށިހެޔޮ ޕްރޮގުރާމެއް ކުރިއަށްގެންގޮސްފި

Feb 3, 2019

ހދ އަތޮޅު ހެލްތް ސާރވިސަސް ގެ ފަރާތުން އެތަނުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން “ހަށިހެޔޮ ޕްރޮގްރާމް” އެއް ކުރިއަށް ގެންގޮސްފި އެވެ.

މި ޕްރޮގްރާމަކީ އޮގަސްޓް 2018 ން ފެބްރުއަރީ 2019 އަށް ހެލްތް ސާރވިސަސްގެ މުވައްޒަފުން އިސްކޮޅާއި އެއްވަރުގެ ބަރުދަނަކަށް ގެނައުމަށް ހިންގުނު ޕްރޮގްރާމްއެކެވެ.

މި ޕްރޮގްރާމްގައި 17 މުވައްޒަފުން ބައިވެރިވެ ކޮންމެ މަހެއްގައި ބަރުދަން އަދި މަސްތަކުގެ ސަރުބީ ބެލުނެވެ. މި ޕްރޮގްރާމްއިން 1 ވަނަ އަށް ދާ ފަރާތަކީ ނިމުނު އިރު ބަރުދަން އަދި މަސްތަކުގެ ސަރުބީ އެންމެ ދަށްކޮށްލި މުވައްޒަފެވެ.

ރަސްމިއްޔާތުގައި ހުރިހާ ބައިވެރިންނަށް ސެޓްފިކެޓް ދިނުން، މަސްތަކުގެ ސަރުބީ ހުންނަންވީ މިންގަނޑަށް ގެނެވުނު މުވައްޒަފުން އަދި ބަރުދަން އަދި މަސްތަކުގެ ސަރުބީ ލެވެލް އެންމެ ދަށްކޮށްލި މުވައްޒަފަށް އިނާމް ދިނުން ކުރިއަށް ގެންދެވުނެވެ.

މި ޕްރޮގްރާމްއިން 1 ވަނަ އަށް ދިޔައީ ކޭޝިއަރ އަހުމަދު މުހައްމަދު މަޑިވަރު އެވެ. މީނާ ވަނީ 7 ކިލޯ ލުއިކޮށް %5 ސަރުބީ ދަށްކޮށްލާފަ އެވެ.

ހަށިހެޔޮ ޕްރޮގުރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން–

މިޕްރޮގްރާމްއިން 1 ވަނަ އަށް ދިޔަ ފަރާތަށް ކުޅުދުއްފުށީ އޮންލައިންގެ ފަރާތުން 1000 ރުފިޔާގެ ފައިސާ ގެ އިނާމު ހުށަހަޅާފައިވެ އެވެ.

ނިންމުމުގެ ރަސްމިއްޔާތުގެ ކެއުން ސްޕޮންސަރ ކޮށްފައިވަނީވެސް ކުޅުދުއްފުށީ އޮންލައިންގެ ފަރާތުންނެވެ. މިރަސްމިއްޔާތުގެ ޝަރަފްވެރިކޮށްދީފައިވަނީ ހދ އަތޮޅު ހެލްތް ސާރވިސަސް ގެ

އެސިސްޓެންޓް ޑިރެކްޓަރ ޝަބާނާ އަލީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355