twitterviber whatsapp telegramfacebookyoutube instagram
24th April 2024

އަތޮޅުވެރިކަން ހޯދަން ހަނިމާދޫ ކައުންސިލުން ގަރާރެއް ފާސްކޮށްފި، ގަރާރު ރައީސަށް ހުށަހަޅާނެ !

Feb 3, 2019

ހދ އަތޮޅުގެ އަތޮޅުވެރިކަން ހަނިމާދޫއަށް ބަދަލުކުރުމަށް އެރަށު ކައުންސިލުން ގަރާރެއް ފާސްކޮށް، އެ ގަރާރު ރައީސްއަށް ހުށަހެޅުމަށް ނިންމައިފި އެވެ

ހަނިމާދޫ ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ބުނެފައިވަނީ މިހާރު ހދ އަތޮޅުގެ ވެރިކަން ކުރާ ރަށް ކުޅުދުއްފުށި ސިޓީއެއްގެ ދަރަޖަލިބި އަތޮޅުވެރިކަން އެހެން ރަށަކަށް ބަދަލުކުރަން ޖެހިފައިވާތީ އަތޮޅުވެރިކަން ބަދަލު ކުރަން އެންމެ ރަނގަޅު ރަށަކީ ހަނިމާދޫކަމަށް އެކައުންސިލަށް ފެންނަކަމަށެވެ.

އެރަށު ކައުންސިލްގެ ތިން މެންބަރުން އެއްބަސްވެ ސޮއިކޮށް ފާސްކޮށްފައިވާ މި ގަރާރުގައި އެރަށަށް އަތޮޅުވެރިކަން ގެންދަން ބޭނުންވާ ގިނަ ސަބަބުތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން 20 ނުގުތާއެއް ފާހަގަކޮށްފައިވެ އެވެ.

ހަނިމާދޫ ކައުންސިލުން ފާހަަގަކޮށްފައިވާ ނުކުތާ ތަކުގެ ތެރޭގައި ހިމެނޭ ބައެއް ނުކުތާ ތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ އެރަށަކީ ނިސްބަތުން ބިން ބޮޑުރަށެއްކަމާއިކުޅުދުއްފުށީ ފިޔަވައި ތަރައްގީގެ ގޮތުން އެންމެ ކުރިއަރާފައިވަނީވެސް ހަނިމާދޫކަމަށެވެ. އަދި ހަނިމާދޫގައި ކުޅުދުއްފުށީގައިވެސް ގާއިމްވެފައި ނެތް މޯލްޑިވްސް ކުލައިމެޓް އޮބްޒަވޭޓްރީ އޮފީހާއި އެގުްރިކަލްޗަރަލް ސެންޓަރ ފަދަ ސަރުކާރުގެ އިދާރާތަކެއް މިހާރުވެސް ހަނިމާދޫގައި ގާއިމް ވެފައިވާތީކަމަށް މި ގަރާރުގައި ބުނެފައިވެއެވެ.

މި ގަރާރުގައި ބުނެފައިވަނީ ހަނިމާދޫއަކީ މިހާރުވެސް ތަރައްގީގެ ގޮތުން ގިނަ ވަސީލަތްތަކެއް ގާއިމްވެފައިވާ ރަށެއްކަމުގައާއި އަދި ވަސީލަތްތައް އިތުރަށް ގާއިމް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ބޭނުންކުރާނެ ބިން އޮތް ރަށެއް ކަމުގައެވެ. އަދި ސިޓީ ހޮޓަލަކާއި ގިނަ ގެސްޓް ހައުސްތަކެއް ހުރުމާއި ރަނގަޅު މަސްމާރުކޭޓެއް ހުރުމާއި އިޖުތިމާއީ މަރުކަޒެއް ހުރުމުގެ އިތުރުން ކުޅިވަރު ކުޅޭނޭ އިންތިޒާމް ހަމަޖެހިފައިވާކަން ކައުންސިލްގެ ގަރާރުގައި ބުނެއެވެ.

އަދި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ރަށަށް އަރައި ފައިބާ ކަމަށާއި އަދި އެރަށަކީ ދަތުރުކުރަން ފަސޭހަ ރަށެއްކަމަށް ފާހަގަކޮށްފައިވެ އެވެ. ހަނިމާދޫއަކީ ދިރިއުޅެން ފަސޭހަ، ހިތްފަސޭހަ މާހައުލެއް ގާއިމުވެފައިވާ ރަށެއްކަންވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. ގަރާރުގައި ބުނެފައިވަނީ ހަނިމާދޫއަކީ ކުށް މަދު ތަހްޒީބުވަމުންދާ މުޖުތަމައުއެއް ކަމަށާއި ތަރައްގީގެ ގޮތުންނާއި އިޖުތިމާއީ ގޮތުން އެރަށަކީ ފަހި ރަށެއް ކަމަށެވެ.

އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން އެރަށުގައި ހޮނޑާދޫ، ހަތިފުށި، މާފިލާފުށީ ރައްޔިތުންވެސް ބަދަލުކޮށްފައިވަނީ ހަނިމަދޫއަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355