twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބެސްޓްބަޑީގެ ރަށު ޕިކަޕް ލިބޭ ޕްރޮމޯޝަންގެ ގުރުއަތުލުން ބާއްވައިފި

Feb 3, 2019

ބެސްޓް ބަޑީ ފިހާރައިން ކުރިއަށްގެންދިޔަ “މަށަށް ރަށު ޕިކަޕެއް” މި ޕްރޮމޯޝަންގެ ގުރުއަތު ނެގުން އިއްޔެ ބާއްވައިފި އެވެ.

ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ޕްރޮމޯޝަނުންގެ ގުރުއަތު ނެގުން ކުރިއަށްގެންގޮސްފައިވަނީ ބެސްޓް ބަޑީ ފިހާރައިގެ ޝޯ ރޫމްގަ އެވެ. ގުރުއަތުން ރަށު ޕިކަޕް ލިބިފައިވަނީ ކުޅުދުއްފުށީ/ ސިތާރާގެ ސަރާހް ސަމްސާދުއަށެވެ.

އެ ކަސްޓަމަރަށް އިއްޔެ ވަނީ ރަށު ޕިކަޕް ހަވާލުކޮށްފަ އެވެ. ރަށު ޕިކަޕް ހަވާލުކޮށްދެއްވީ ބެސްޓްބަޑީގެ އޯނަރު އިބުރާހިމް ރަޝީދެވެ.

ބެސްޓް ބަޑީގެ ރަށު ޕިކަލް ލިބުނު ކަސްޓަމަރު ފޮޓޯއަކަށް ހުއްޓިލައިގެން–ފޮޓޯ: ބެސްޓްބަޑީ

ބެޓެރީ ވެހިކަލް އާއި ބައިސްކަލްގެ ވިޔަފާރި ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ވިއްކަމުންދާ ބެސްޓް ބަޑީން މިޕްރޮމޯޝަން ކުރިއަށްގެންދިޔައީ ގޮތަށް ކުރިން ނިންމީ 1 ނޮވެމްބަރުން ފެށިގެން މި ދިޔަ ޖެނުއަރީމަހުގެ 30 ގެ ނިޔަލަށެވެ.

ބެސްޓް ބަޑީން ބުނީ މި ޕްރޮމޯޝަނަށް ގިނަ ބައެއްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ކަމަށާއި މިމަހުގެ ތެރޭގައިވެސް އެފިހާރައިން ޕްރޮމޯޝަނެއް ފަށާނެކަމަށެވެ. ބެސްޓް ބަޑީން އަންނަނީ އަބަދުވެސް ގިނަ ޕްރޮމޯޝަންތަކެއް ބާއްވާ ކަސްޓަމަރުންނަށް އަގުހެޔޮކޮށް މުދާ ވިއްކަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355