twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބަޔަކު ލައްވާ ސްޓޭޑިއަމް ޓްރެކް ސާފުކުރުމުން މުވައްޒަފުންނަށް ފާޑުކިޔުން އަމާޒުވެއްޖެ

Feb 3, 2019

މުވައްޒަފުން ތިބޭ ކުޅުދުއްފުށީ ސްޓޭޑިއަމްގެ ޓްރެކް އެހެން ބަޔަކު ލައްވައި ނޮޅާ ސާފުކުރުމުން އެތަނުގެ މުވައްޒަފުންނަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ސްކޫލެއްގެ އެތްލެޓިކް މުބާރާތް ބޭއްވުމަށް އެސްކޫލުން ސްޓޭޑިއަމްގެ ޓްރެކް ސާފުކޮށްދިނުމަށް އެދުމުން އެތަނުގެ މުވައްޒަފަކު ވަނީ އެހެން ބަޔަކު ލައްވައި އެތަން ސާފުކޮށްފަ އެވެ. މިދިޔަ ހުކުރު ދުވަހު ފެށި ގޮތަށް އެމަސައްކަތް ނިންމާލީ މިއަދު މެންދުރު އެވެ.

” މިތަނަކީ މަސައްކަތު މީހުން ތިބޭ ތަނެއް. ކީއްވެ ޓްރެކް ސާފު ނުކުރެވި އެހާ ވިނަ ބޯވާންވީ އެތަނުގަ.” ސްޓޭޑިއަމްގައި ކައިރީގައި ތިބި ތިން އަންހެނަކު ބުންޏެވެ.

އެތަނުގެ ޓުރެކްގައި ވިނަ ފަޅައި ބޯވުމުން އެކި ފަހަރުމަތިން އެހެން މީހުން އެތަން ނޮޅައި ސާފުކޮށްފައިވެ އެވެ. އެގޮތުން ބައެއް ފަހަރު ސްކޫލްތަކުގެ ބެލެނިވެރިންވެސް ސާފުކޮށްފައިވެ އެވެ.

ބޮއްސުންލާފަ އޮތް ސްޓޭޑިއަމްގެ ކަންތައްތައް ހުންނަ ގޮތުން ހިތްހަމަނުޖެހި ހުރެ ވާހަކަދައްކަމުން އެމީހުން ބުނީ މިތަނުގައި މައްސަލަތަކުގެ ޒިންމާ އެތަނުގައި ހަވާލުވެ ހުންނަ މުވައްޒަފު ނަގަން ޖެހޭނެ ކަމަށެވެ. މުވައްޒަފުން ލައްވައި ތަން ސާފުކޮށް ނުބެލެހެއްޓޭނަމަ އެމީހުންނާ ދޭތެރޭ ފިޔަވަޅު އެޅެން ޖެހޭނެ ކަމަށްވެސް އެމީހުން ބުންޏެވެ.

މުވައްޒަފުން ތިބެމެ ކުޅުދުއްފުށީ ރަސްމީ ބޯޅަދަނޑު ނުބެލެހެއްޓި ހަލާކުވަނީ

ބައެއް މީހުން ބުނީ އެތަނުގެ ބައެއް މުވައްޒަފުންގެ އަމަލުތައްވެސް ހުންނަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އޭގެ ތެރެއިން ބައެއް މުވައްޒަފުންނަކީ ފަރުވާ ކުޑަ މުވައްޒަފުން ކަމަށެވެ.

ބަޔަކު ލައްވާ ސްޓޭޑިއަމްގެ ޓްރެކް ސާފުކުރަނީ–

ކުޅުދުއްފުށީ ސްޓޭޑިއަމްގައި އުޅެނީ ހަތަރު މަސައްކަތް މީހުންނާއި ތިން ވޮޗަރުން އަދި އެންމެ އޮފީސް މުވައްޒަފެކެވެ. ސްޓޭޑިއަމްގައި ހުރި ގިނަ މައްސަލަތަކެއް ޔޫތް މިނިސްޓްރީއާ ހަމައަށްވެސް އެކި ފަހަރު ގޮސްފައިވާއިރު މިހާތަނަށްވެސް އެކަންތައްތައް ރަނގަޅުކުރަން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަން ފާހަގަކުރެވެ އެވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355