ފަލަވުމުން ކެންސަރަށް މަގުފަހިވޭ !

ޚަދީޖާ އާދަމް - 1 ހަފްތާ ކުރިން - 5 ފެބްރުއަރީ 2019



ކޮންމެ މީހެއްވެސް އިސްކޮޅާއި އެކަށީގެންވާ ބަރުދަނެއްގައި ހަށިގަނޑު ހިފެހެއްޓުމަކީ ދުޅަހެޔޮ ސިއްހަތަކަށް މުހިއްމު ކަމެކެވެ.ފަލަވުމަކީ އެކަމުން ތިމާގެ އެކި ކަހަލަ ބަލިތަކަށް ހުށައެޅިގެންދާ ކަމެއްވެސް މެއެވެ.

އެގޮތުން އެމެރިކާގެ ކެންސަރ ސޮސައިޓީން ކޮށްފައިވާ ދިރާސާއެއްގައި ވާގޮތުން ވޭތުވެ ދިޔަ 40 އަހަރު ތެރޭ ފަލަ ވުމުގެ ސަބަބުން ޒުވާނުންނަށް ކެންސަރު ޖެހޭލެއް ގިނަ ވެފައިވާ ކަމަށެވެ. އަދި އެ ސޮސައިޓީން 1995 ން 2014 އާއި ހަަމައަށް ރެކޯޑް ކުރެވިފައިވާ ސިއްހީ ރެކޯޑްތަކުން ކެންސަރު ޖެހުމުގެ ސަބަބެއްގެ ގޮތުގައި ފަލަވުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި 12 މީހުންގެ ތެރެއިން 6 މީހުންނަށް ކެންސަރު ޖެހުމަށް މަގުފަހިވަނީ ބަރުދަން އިތުރުވުމުން ކަމަށެވެ. އެގޮތުން 20 އަހަރާއި 30 އަަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުން ހިމެނެއެވެ.

ފަލަވުމުގެ ސަބަބުން އުރަމަތީގެ ކެންސަރު، އޯވަރީގެ ކެންސަރު، ލޭގެ ކެންސަރު، ޖެހުމަށް މަގުފަހިވެއެވެ. މީގެ އިތުރުން ތައިރޮއިޑް، ބަނޑުގެ މައްސަލަތައް، ކިޑްނީގެ މައްސަލަތަށް ޖެހުމަށްވެސް މަގުފަހިވެއެވެ.

މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުންވެސް ކެންސަރު ޖެހޭލެއް ގިނަކަން މި ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ.