twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަތޮޅު ގުރުއާން މުބާރާތް ހޯސްޓް ކުރުމަށް ހުޅުވާލައިފި

Feb 5, 2019

ހދ އަތޮޅު ކައުންސިލުން ބާއްވާ އަތޮޅު ގުރުއާން މުބާރާތް ބޭއްވުމުގެ ފުރުސަތު ރަށު ކައުންސިލްތަކަށް ހުޅުވާލައިފި އެވެ.

ހދ އަތޮޅަށް ހުޅުވާލައިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އަތޮޅު ގުރުއާން މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި މި އަހަރުގެ އެޕްރީލްމަހުގެ 11 ން 13 އަށެވެ.

އަތޮޅު މުބާރާތް ބާއްވަން އެދޭ ރަށްރަށުން މި ފެބްރުއަރީ 10 ވަނަ ދުވަހުގެ ކުރިން ޕުރޮޕޯސަލް ހުށައެޅަން ވާނެކަމަށް ހދ އަތޮޅު ކައުންސިލް އިދާރާއިން ހާމަ ކުރެއެވެ.

އެކައުންސިލުން ހާމަކުރާގޮތުގައި މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމުގައި އަތޮޅު ކައުސިލުން އިސްކަންދޭނީ ކައުންސިލަށް އެންމެ ހަރަދު ކުޑަކޮށް ފެންވަރު ރަނގަޅު އިންތިޒާމެއްގެ މަތިން ބޭއްވުމަށް ހުށައަޅާ ރަށަކަ ކަމެވެ.

މިމުބާރާތުގައި ބައިވެރިވެވެނީ ރަށު ގުރުއާން މުބާރާތުން ހޮވޭ އެރަށް ތަމްސީލުކުރާނެ ޓީމަކަށް ވާންޖެހޭ \ކަމަށް ވެސް ކައުންސިލުން ހާމަކުރެއެވެ.

މިއަހަރު މުބާރާތް ބަހާލެވިފައިވަނީ ދެ އުމުރުފުރާއަކަށެވެ. އެއީ 9 އަހަރުން ދަށުގެ ކުޑަކުދީންނާއި 9 އަހުން މަތީގެ އުމުރުފުރާއަށެވެ.

9 އަހަރުން ދަށުގެ ކުދީން ނުބަލާ ކިޔެވުމަށް ހަމަޖެހިފައިވަނީ ސޫރަތުއްޟުޙާއިން ދަށެވެ. އަދި ބަލައިގެން ކިޔެވުމަށް ހަމަޖެހިފައިވަނީ ޢައްމާ ފޮތެވެ. 9 އަހަރުން މަތީގެ ކުދީން ނުބަލާ ކިޔެވުމަށް ހަމަޖެހިފައިވަނީ 2 ފޮތް 3 ފޮތް އަދި 5 ފޮތެވެ. އަދި ބަލައިގެން ކިޔެވުމަށް ކަނޑައަޅާފައިވަނީ 5 ފޮތް 10 ފޮތް އަދި 20 ފޮތެވެ.

އަތޮޅު މުބާރާތުގެ މުޤައްރަރަށް ބަދަލު ގެނެސްފައި މިވަނީ ޤައުމީ ޤުރުއާން މުބާރާތަށް ދަރިވަރުން ތައްޔާރު ކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް ކައުންސިލުން ހާމަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355