twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފޯކައިދޫގައި ހުއްދަ ނެތި ފަރުވާ ދެމުން ދިޔަ މީހާ ހުއްޓުވީ ކައުންސިލުން

Feb 5, 2019

ށ. ފޯކައިދޫއަށް ޗުއްޓީއަކަށް ގޮސްހުރި އިންޑިޔާގެ މީހެއް އެރަށު ރައްޔިތުންނަށް ފަރުވާދެމުން ދަނިކޮށް އެކަން ހުއްޓުވީ ފުލުހުން ނޫން ކަމަށާއި އެކަން ހުއްޓާލުމަށް އެންގީ ކައުންސިލުން ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ އެމީހާއަކީ އެރަށައް ޗުއްޓީއަކަށް ގޮސްހުރި އިންޑިޔާގެ މީހެއް ކަމަށާއި އެމީހާ ކައިރިއަށް ފަރުވާ ހޯދުމަށް ދިޔަ ބައެއް ރައްޔިތުންނަކީ އިންޑިޔާއިން ކުރިންވެސް އެމީހާ ކައިރިން ފަރުވާ ހޯދާފައިވާ ރައްޔިތުން ކަމަށެވެ.

އެމަސައްކަތް ކުރިއަށް ގެންދިޔައީ ހަމައެކަނި ރައްޔިތުންނާއި މެދު އުފެދިފައި އޮތް ރަހުމަތްތެރިކަމެއްގެ ސަބަބުން ކަމަށާއި އެ ހިދުމަތް ދެމުން ގެންދިޔައީ އެއްވެސް މެމޯ އެއް ދޫކޮށްގެން ނުވަތަ ނުވަތަ ރައްޔިތުންގެ ފަރާތުން ފީއެއް ނަގައިގެން ނޫންކަަމަށްވެސް ރާޝިދު މައުލޫމާތު ދިނެވެ.

ހުއްދަނެތި ފަރުވާދޭކަމަށް ބުނެ އެރަށު ރައްޔިތުން އެކަމުގެ ޝަކުވާ ކޮށްފައިވަނީ ހެލްތް މިނިސްޓްރީއަށް ކަމަށާއި، މިނިސްޓްރީ ވަނީ ކައުންސިލަށް ގުޅައި އެކަމުގެ ތަފްސީލް ހޯދާފައި ކަމަށްވެސް ރާޝިދު ވިދާޅުވި އެވެ. ނަމަވެސް މިނިސްޓްރީން ވެސް އެކަން ހުއްޓާލަން އަންގާފައިވާ ނުވާކަމަށް ވެސް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެމައްސަލަ ފުލުހަށް ހުށައެޅި އެކަން ދަނީ ތަހުގީގު ކުރެވެމުންނެވެ. ރާއްޖޭގައި ސިއްހީ ހިދުމަތެއް ދޭން ފެށުމުގެ ކުރިން ކޮންމެހެން ނަގަންޖޭހޭ ގިނަ ހުއްދަތަކެއް ހުންނައިރު އެ ހުއްދަތައް ލިބެނީ މިނިސްޓްރީން އެ މީހެއްގެ ވަނަވަރާއި ތައުލީމީ ފެންވަރު ބަލައި ވަޒަން ކުރުމަށް ފަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355