twitterviber whatsapp telegramfacebookyoutube instagram
3rd June 2025

ވިލާ ކޮލެޖާއި ޔުނިވަރސަލް ފައުންޑޭޝަނާ ދެމެދު އެމްއޯޔޫގައި ސޮއިކޮށްފި

Feb 5, 2019

މ ހޮސްޕިޓަލިޓީ ދާއިރާއިން މީހުން ތަމްރީން ކުރުމަށް ވިލާ ކޮލެޖުގައި ބޭއްވުނު ރަސްމިއްޔާތުގައި ވިލާ ކޮލެޖާއި ޔުނިވަރސަލް ފައުންޑޭޝަންއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވިލާ ކޮލެޖްގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ.އަހްމަދު އަންވަރުއެވެ. އަދި ޔުނިވަރސަލް ފައުންޑޭޝަންގެ ފަރާތުން ސޮއެ ކުރެއްވީ ޔުނިވަރސަލް ފައުންޑޭޝަންގެ ޕްރެޒިޑެންޓް އިޔާޒް ވަހީދެވެ.

މި ގޮތުން ޔުނިވަރސަލް ފައުންޑޭޝަންއާއި ވިލާ ކޮލެޖު ގުޅިގެން 2017 އިން ފެށިގެނެ ޑިސްކަވަރ ހޮސްޕިޓަލިޓީގެ ނަމުގައި ހޮސްޕިޓަލިޓީ ދާއިރާއިން ސެޓެފިކެޓް ލެވެލް 3 ފެންވަރަށް ދަރިވަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްދަނީ ހިންގަމުންނެވެ. މި ޕްރޮގްރާމްގެ ދަށުން މިހާހިސާބަށް 40 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީން ކުރެވިފައެވެ.

ޑިސްކަވަރ ހޮސްޕިޓަލިޓީ އަކީ ޔުނިވަރސަލް އިން ސްޕޮންސަރކޮށްގެން ހޮސްޕިޓަލިޓީ ދާއިރާއިން ހިލޭކިޔެވުމަށް ހުޅަވާލާ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ތެރެއިން ފުޑް އެންޑް ބެވަރެޖް ސާވިސަސް، ހައުސް ކީޕިނގް، އަދި ފްރަންޓް އޮފީސް ފަދަ ދާއިރާތަކުން ތަމްރީން ދެވޭނެއެވެ. ކޯހުގެ ބައިވެރިން ތިއަރީ ބައިިތައް ވިލާ ކޮލެޖުގައި ފުރިހަމަކުރުމަށްފަހު ޢަމަލީތަޖުރިބާ ފުރިހަމަ ކުރާނީ ޔުނިވަރސަލްގެ ރެޒޯޓްތަކުގައި ތިބެގެންނެވެ. ކޯހުގެ މުއްދަތުގައި ކޯހުގެ ބައިވެރިންނަށް މަހަކު 3000 ރުފިޔާގެ އެލަވަންސްއެއް ދެވޭނެއެވެ.

4 މަސްދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމްގައި ބޭސިކް އެޑިއުކޭޝަން ފުރިހަމަކޮށްފައިވާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ. ކޯހުގެ ބައިވެރިން ހޮވޭނީ ސެލެކްޝަން އިންޓަވިއު އަކަށް ފަހުއެވެ.

ޖޫން މަހު ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ 30 މާރޗް 2019 އެވެ. މި ޕްރޮގްރާމްގެ ދަށުން ނިންމި ހުރިހާ ދަރިވަރުންވެސް މި ދާއިރާއިން ވަޒީފާ އަދާ ކުރަމުންދާކަން ވިލާ ކޮލެޖުން ފާހަގަ ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355