ކުޅުދުއްފުށީގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓެއްގައި އަންހެން ކުއްޖެއްގެ ބޯ ފެޅިއްޖެ އެވެ.
ބަނޑާރަމަގު ރޫޓް ފިހާރައާ ހިސާބުގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ހއ ވަށަފަރަށް ނިސްބަތްވާ 19 އަހަރުގެ އަންހެން ކުއްޖަކަށެވެ.
މަންޒަރު ދުއް ފަރާތްތަކުން މައުލޫމާތުދެމުން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލްގެ ފަހަތުގައި އިން އަންހެން ކުއްޖާގެ ހެދުން ޗޭނު ތެރެއަށް ވަދެ އޮޅުމުން ކަމަށެވެ.
ޗޭނު ތެރޭގައި ހެދުން އޮޅުމުން އެ ކުއްޖާ ސައިކަލުން ވެއްޓުނީ އެވެ. މިހާދިސާގައި ސައިކަލް ވެއްޓިފައިނުވެ އެވެ. އަދި ދުއްވަން ފިރިހެން މީހާއަށްވެސް އަނިޔާވެފައިނުވެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ މިހާދިސާގައި އަނިޔާވި ކުއްޖާގެ ބޯ ފެޅިފައިވާއިރު އެކި ތަންތަނުން މަށައިގެން ގޮސްފައިވާ ކަމަށެވެ. ބޮލަށް އަނިޔާވުމުގެ ސަބަބުން އޭނާ ވަނީ އޮބްޒަވޭޝަނުން ބާއްވާފަ އެވެ.