twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރާއްޖޭގައި ބޭއްވޭ ދެވަނަ ތައިޗީ ވޯކްޝޮޕް ކުޅުދުއްފުށީގައި ފެށިގެން ކުރިއަށް

Feb 6, 2019

ދިވެހި ރާއްޖޭގައި ބޭއްވޭ 2 ވަނަ ތައިޗީ ވޯކްޝޮޕް  ކުޅުދުއްފުށީގައި ފެށިގެން ކުރިއަށްއެބަ ދެއެވެ. މިވޯކްޝޯޕް މިމަހު 3ން 6 އަކަށް ކުރިއަށްދާނެއެވެ.

ސީއެމްސީއޭ އިން ސަރަހައްދަށް ކަނޑައަޅުއްވާފައިވާ ރީޖަނަލް ކޯޑިނޭޓާރ ނަހީޒް އަހްމަދު ސައީދު ކޭއޯއަށް މައުލޫމާތުދެއްވަމުން ވިދާޅުވިގޮތުގައި ސީއެމްސީއޭ ގެ ފައުންޑަރ އަދި ޗެއަރމަން މުހައްމަދު ރަޝީދަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ވަރަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށާއި ތައިޗީ ވޯކްޝޮޕްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ގެންދަން މިފެށުނީ އެބޭފުޅާގެ ވަރަށް ގިނަގުން ބުރަ މަސައްކަތުން ކަމަށްކަމަށެވެ.

ޗައިނީސް އާއަހަރާއި ދިމާކޮށް ފެށި ހަރަކާތްތަކުގެ ތެރޭގައި ސީއެމްސީއޭއިން ވަނީ ޢަފީފުއްދީން ސްކޫލްގެ އެސެމްބްލީގައި ސްކޫލުކުދިންނަށް ކަސްރަތު ކުރުމުގެ މުހިއްމުކަމާއި ބެހޭގޮތުން މައުލޫމާތު ދީފައެވެ. އަދި ވަކިވަކިން އެ ސްކޫލުގެ ޓިޗަރުންނަށާއި ބެލެނިވެރިންނަށްވެސް ވަނީ ކެންސަރާއި ދުރުވުމުގައި ކެއުން ގެންގުޅޭނެގޮތުގެ އިތުރުން ތައިޗީގެ މުހިއްމުކަމާއި ބެހޭގޮތުން މައުލޫމާތުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ކުޅުދުއްފުށީގައި ކުރިއަށްދާ ތައިޗީ މި ވޯކްޝޮޕަކީ ރާއްޖޭގައި ބޭއްވޭ 2 ވަނަ ވޯކްޝޮޕް ކަމުގައި ވިޔަސް ދިވެހި ތައިޗީ މާސްޓަރެއް ހިންގަވާދެއްވާ އަދި އަތޮޅު ތެރޭގައި ބޭއްވޭ ފުރަތަމަ ވޯކްޝޮޕެވެ. މި ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ ސީއެމްސީއޭގެ މާޝަލް އާރޓް ދިވެހި އިންސްޓިޓިއުޓަރެއް ކަމުގައިވާ އަހުމަދު ތޮލާލްއެވެ.

ފެއްޓުމުގެ ރަސްމިއްޔާތާއި މައުލޫމާތުގެ ޝެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ޢަފީފުއްދީން ސްކޫލުގައެވެ. މިހާރު މިވޯކްޝޮޕް ކުރިއަށްދަނީ ޝޭޕް އެރޮބިކްސް ގައެވެ.

ތައިޗީ އަކީ ސިއްހީ ގޮތުން އިންސާނާގެ ހަށިގަނޑާއި ސިކުނޑިއަށް ގިނަގުނަ ފައިދާކުރާ އަދި ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ހަރަކާތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355