ކުޅުދުއްފުށީ ފިހާރައެއްގައި އިން އަންހެން ސޭޓަކަށް ވަޅިން ބިރު ދައްކައިގެން ފިހާރައިގައި ހުރި ރުފިޔާތައް ފޭރިގަނެއްޖެ އެވެ.
ކުޅުދުއްފުށީގައި ހުންނަ “ލޫލާ މާރޓް” ނަމަކަށް ކިޔާ ފިހާރައަށް ކަޅުހެދުމެއްގައި މޫނު ނިވާކޮށްގެން ހުރި މީހަކު ވަދެ ސޭޓަށް ބިރުދެއްކުމަށްފަހު ރުފިޔާތައް ފޭރިގަނެފައިވަނީ ރޭ ގާތްގަނޑަކަށް 9 ޖަހާ އިރު އެވެ.
އެތަނުގައި މަސައްކަތް ކުރާ މިހާކު ބުނީ އެވަގުތު ވަތްގަނޑުގައި ހުރި ހުރިހާ ރުފިޔާއެއް ފޭރިގަނެފައިވާ ކަމަށާއި އެއީ 3000 ރުފިޔާ އެވެ. އެމީހާ ވަތްއިރުވެސް ހުރީ މޫނު ނިވާކޮށްގެން ކަމަށާއި ފައިސާތައް ފޭރިގަތީ އެވަގުތު ފިހާރައިގައި އިން ސޭޓް ކޮއްޕާލާ ވައްޓާލުމަށްފަހު ކަމަށެވެ.
މި މައްސަލަ މިހާރު ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ.