twitterviber whatsapp telegramfacebookyoutube instagram
10th August 2026

ހދ އަތޮޅު ކައުންސިލުގެ މެމްބަރު އަލީ ނިފާޒް އިސްތިއުފާދެއްވައިފި

Apr 24, 2011

އިބްރާހިމް ހަމީދު

ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ އުތުރު ދާއިރާ ތަމްސީލު ކުރައްވާ އެމްޑީޕީގެ މެމްބަރު އަލީ ނިފާޒް އިސްތިއުފާދެއްވައިފިއެވެ.

ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ކައުންސިލުގެ މެމްބަރެއްކަމުގައިވާ ޒަކަރިއްޔާ ހަސަން ވިދާޅުވީ ކައުންސިލް މެމްބަރު އަލީ ނިފާޒް އިސްތިއުފާގެ ސިޓީ މިއަދު ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރެއެވެ.

އިސްތިއުފާ ދެއްވި ސަބަބު އޮޅުންފިލުވުމަށް އަލީ ނިފާޒަށް ކުޅުދުއްފުށީ އޮންލައިން އިން ގުޅުމަށް ކުރި މަސައްކަތް ފޯނު ނުނަންގަވާތީ ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.

އަލީ ނިފާޒަކީ ކުޅުދުއްފުށީ އުތުރު ދާއިރާއިން ކައުންސިލަށް ހޮވިވަޑައިގެންނެވި ބޭފުޅެކެވެ. އަދި އަތޮޅު ކައުންސިލްގެ ވަގުތީ ރައީސް ކަމުގެ މަގާމުވެސް ފުރުއްވާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355