twitterviber whatsapp telegramfacebookyoutube instagram
31st July 2025

ކުނީގެ ހާލަތު ބައްލަވާލެއްވުމަށް އެންވަރަޔަމަންޓް މިނިސްޓަރު ހދ ގައި

Feb 8, 2019

ހދ އަތޮޅުގެ ރަށްތަކުގައި ކުނި މެނޭޖްކުރާގޮތް ބައްލަވާލެއްވުމަށް އެންވަރަޔަމަންޓް މިނިސްޓްރީގެ އިސްވަފުދެއް ހދ އަށް ވަޑައިގެންފި އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި އެންވަރަމަންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އިއްޔެ ފެއްޓެވި މިދަތުރުފުޅުގައި ހަނިމާދޫ، ނޭކުރަންދޫ، ކުޅުދުއްފުށި އަދި ހއ ބާރަށަށްވެސް ވަޑައިގަތް، އެރަށްރަށުގައި ކުނި މެނޭޖްކުރާގޮތް ބައްލަވާލައްވާނެ އެވެ އަދި އެރަށްރަށުގައި ހުރި ކުޅިތައްވެސް މިނިސްޓަރު ބައްލަވާލައްވާނެ އެވެ. އަދި މިދަތުރުފުޅުގެ ތެރެއިން ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ ހދ ކޭލަކުނަށް މިނިސްޓަރު ވަޑައިގަންނަވާނެ އެވެ.

ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 2:00 އަށެވެ. މިދަތުރުގައި ކުޅުދުއްފުށީގެ ކުނި ކޮއްޓަށް އަދި ކުޅިއަށް ޒިޔާރާތްކުރައްވާނެ އެވެ. މިދަތުރުފުޅުގައި މިނިސްޓަރުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު ސަމީރު، ސްޓޭސް މިނިސްޓަރު މުޖުތަބާ، އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބުރާހިމް ނައީމް، އަދި ވެމްކޯގެ އެމްޑީ އާދަމް އަހުމަދު ބައިވެރިވެވަޑައިގަންނަވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355