ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ކުޅުދުއްފުށީ އެއާޕޯޓް ސައިޓް ބައްލަވާލައްވައިފި އެެވެ. މިއަދު ހެނދުނު މިނިސްޓަރުގެ އަރިހުގައި ކައުންސިލް މެމްބަރު ވަނީ އެއާޕޯޓް ސައިޓަށް ޒިޔާރާތްކުރައްވާފަ އެވެ.
އެއާޕޯޓް ސައިޓް ބައްލަވާލެއްވުމަށްފަހު ދެން މިނިސްޓަރު ވަޑައިގެންނެވީ ވެލިގަނޑު ސަރަހައްދުގައި ތަރައްގީކުރާ ބަނދަރުގެ މަސައްކަތަށް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްށެވެ.
މިނިސްޓަރ ވަނީ ރޭ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކޮށް ފަތުރުވެރިކަން ކުޅުދުއްފުށި އަދި ހދ ގައި ކުރިއަރުވަން ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަވައި ހިޔާލު ބައްދަލުކުރައްވާފަ އެވެ.
ތިލަދުންމައްޗަށް މިނިސްޓަރު އަލީ ވަހީދު ކުރައްވާ ދަތުރުފުޅުގައި މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހއ ދިއްދޫ އަދި ކެލާ އަށެވެ. މިނިސްޓަރު ވަނީ އިއްޔެ ހަނިމާދޫއަށް ވަޑައިގަންނަވާފަ އެވެ.