twitterviber whatsapp telegramfacebookyoutube instagram
9th May 2024

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ޕްރޮގްރާމް ފެށިއްޖެ

Apr 24, 2011

މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގެ ނަމުގައި ކުޅުދުއްފުށީގައި ޓްރެއިނިން ޕްރޮގްރާމެއް މިއަދު ފެށިއްޖެއެވެ.

މުޖުތަމައުގައި ކުރާ ތަފާތު ކުށްތަކަށް އަރައިގަންނަމުންދާ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ މަގުޞަދުގައި ބާއްވާ މިޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ މަތިއުތުރު ސަރަޙައްދުގައި މަސައްކަތްކުރާ ފުލުހުންނަށާއި، ޝަރުޢީދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި، ކްރައިމް ޕްރިވެންޝަން ކޮމެޓީތަކުގެ އިތުރުން ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ.

ހއ ހދ އަދި ށ އަތޮޅަށް ހާއްސަކޮށްގެން ކުޅުދުއްފުށީގައި މިޕްރޮގްރާމް ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާރޒް ހަސަން އަފީފުއެވެ. މިރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރ އަހުމަދު ފަސީހް އަދި ހޯމް އެފެއާރޒްގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް ވެސް ބައިވެރިވެޑައިގެންނެވިއެވެ.

މި ޓްރެއިން ޕްރޮގްރާމް ކުރިއަށް ދަނީ މިއަދުން ފެށިގެން 5 ދުވަހުގެ މުއްދަތަށް މަތިއުތުރު ޤައުމީ އިދާރާގައެވެ. މި ޕްރޮގްރާމްގައި މައުލޫމާތު ދެއްވަނީ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޖުވެނައިލް ޖަސްޓިސް ޕްރޮޖެކްޓް މެނޭޖަރ އައިމިނަތު އީނާސް އަދި ޕޮލިސް ކޯޕްރަލް މުހައްމަދު ޔަމާނީއެވެ.

މިޓްރޭނިންގ ޕްރޮގްރާމް ކުރިއަށްގެންދަނީ ރެސްޓޮރެޓިވް ޖަސްޓިސް ނުވަތަ ކުށުގެ ސަބަބުން ގެއްލުންލިބޭ ފަރާތަށް ލިބޭ ގެއްލުން ފޫބެއްދުމަށް ބާރުއަޅާ ތިޔަރީ ނުވަތަ ފަލްސަފާ އާ އެއްގޮތަށްކަމަށް ހޯމް އެފެއާރޒުން މައުލޫމާތު ދެއެވެ. މި ޕްރޮގްރާމުގައި މަތިއުތުރު ސަރަހައްދުގެ ކަމާބެހޭ 29 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355