twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިންޑިއާއިން ދިން ވިސާގެ ލުއިތަކަށް އަންނަ މަހު އަމަލު ކުރަން ފަށަނީ

Feb 13, 2019

އިންޑިއާއިން ރާއްޖެއަށްދިން ވިސާގެ ލުއިތަކަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްރީމަންޓަށް އަމަލުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށް އަންނަ މަހުގެ 11ވަނަ ދުވަހުން ފެށިގެން އެ އެގްރީމަންޓަށް ދެ ގައުމުން އަމަލުކުރުމަށް އެއްބަސްވެ ރަސްމީ ލިޔުން މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމަކީ ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ސޮއި ކުރެވުނު އެއްބަސްވުމެކެވެ

ވިސާ އެއްބަސްވުމުގައި ހުރިކަންކަމުގެ ތެރޭގައި ހިމެނެނީ ވިޔަފާރި އާއި ޓޫރިޒަމް އަދި ބޭސްފަރުވާ ދަތުރުތަކަށް 90 ދުވަހުގެ ވިސާއެކެވެ. ޓޫރިސްޓް ވިސާގައި ހުއްޓައި ކުއްލި ސިއްހީ ހާލަތެއް މެދުވެރިވެއްޖެނަމަ ރާއްޖެ ނައިސް މެޑިކަލް ވިސާއަށް ބަދަލުކުރުމާއި، ދިގުމުއްދަ ބޭސްކުރަން ޖެހޭ ހާލަތްތަކުގައި ހާލަތަށް ބަލައި ދެ އެހީތެރިންނާއި އެކު އެއް އަހަރު ދުވަހުގެ ވިސާ ދޫކުރުމާއި، މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ޖަހައިދިނުމުގެ އިތުރުން 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ވެސް މަލްޓިޕަލް އެންޓްރީ ވިސާ ދޫކުރުމުގެ އިރުތުން މަތީ ތައުލީމް އުގެނޭ ދަރިވަރުންގެ ދަރިން 18 އަހަރަށްވުރެން ހަގުނަމަ އަަނބީނާއި ފިރިންނާއި މައިންބަފައިންނަށް ވެސް ވިސާ ދޫކުރާ ކަމަށް މި އެއްބަސްވުމުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355