twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހދ އަތޮޅު ޤުރުއާން މުބާރާތް މިއަހަރު ނެއްލައިދޫގައި !

Feb 13, 2019

ހދ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރު ބާއްވަމުން އަންނަ އަތޮޅު ޤުރުއާން މުބާރާތުގައި ނެއްލައިދޫގައި ބާއްވާގޮތަށް ނިންމައިފި އެވެ.

ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ހޯސްޓްކުރުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު އެކަމަށް ޝައުގުވެރިކަންފާޅުކޮށްފައިވަނީ އެންމެ ދެ ރަށްށަކުންނެވެ. އެއީ ނެއްލައިދޫގެ އިތުރުން މިދިޔަ އަހަރުވެސް ޤުރުއާން މުބާރާތް ހޯސްޓްކުރި މަކުނުދޫން އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ހަސަން ވިދާޅުވީ ދެ ރަށްތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވަނީ ނެއްލައިދޫން ކަމަށްވާތީ މިއަހަރުގެ ޤުރުއާން މުބާރާތް އެރަށުގައި ބާއްވާގޮތަށް އެކައުންސިލުން މިއަދު ނިންމާފައިވާ ކަމަށެވެ.

2017 އަދި 2016 ވަނަ އަހަރުވެސް ޤުރުއާން މުބާރާތް ހޯސްޓްކޮށްފައިވަނީ ނެއްލައިދޫއިންނެވެ. އެ ދެ އަހަރުވެސް އެރަށުގެ ރައްޔިތުންގެ ފަރާތުން ޤުރުއާން މުބާރާތް ބާއްވަން ބޮޑު އެއްބާރުލުމެއް ދީފައިވާކަން ފާހަގަކުރެވެ އެވެ.

ޤައުމީ ޤުރުއާން މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމަށް ބާރުއެޅުމުގެ ގޮތުން މިއަހަރުގެ އަތޮޅު ޤުރުއާން މުބާރާތުގެ މުޤައްރަރަށް ވަނ ބަދަލު ގެނެސްފަ އެވެ. އެގޮތުން 9 އަހަރުން ދަށުގެ ކުދިން ނުބަލާ ކިޔެވުމަށް ހަމަޖެހިފައިވަނީ ސޫރަތުއްޟުޙާއިން ދަށެވެ. އަދި ބަލައިގެން ކިޔެވުމަށް ހަމަޖެހިފައިވަނީ ޢައްމާ ފޮތެވެ. 9 އަހަރުން މަތީގެ ކުދީން ނުބަލާ ކިޔެވުމަށް ހަމަޖެހިފައިވަނީ 2 ފޮތް 3 ފޮތް އަދި 5 ފޮތެވެ. އަދި ބަލައިގެން ކިޔެވުމަށް ކަނޑައަޅާފައިވަނީ 5 ފޮތް 10 ފޮތް އަދި 20 ފޮތެވެ.

މިމުބާރާތް އޮންނަނީ މިއަހަރުގެ އެޕްރީލްމަހުގެ 11-13 އަށެވެ. ޤުރުއާން މުބާރާތް ކުރިއަށްދާ ދުވަސްވަރު ރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު އެރުމުން އިޤްތިސޯދީގޮތުން ފައިދާތަކެއްވެސް އެރަށްތަކަށް ކުރެ އެވެ،

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355