twitterviber whatsapp telegramfacebookyoutube instagram
16th August 2026

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދޭން ފަށައިފި

Feb 14, 2019

ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ސަރުކާރުގެ ހަރަދުގައި ކިޔަވައިދިނުން މިއަދު އިފްތިތާހު ކޮށްފި އެވެ.

މިއަދު މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގައި ބޭއްވި ރަސްމިޔާތުގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި ޕްރޮގްރާމާއިއެކު ސަރުކާރުގެ ދެ ޔުނިވާސިޓީ ކަމުގައިވާ އެމްއެންޔޫ އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައި ޑިގްރީއަށް ހިންގާ ހުރިހާ ކޯސްތަކެއްގައި މުޅިން ހިލޭކޮށް އަދި އަމިއްލަ ފަރާތްތަކުން ހިންގާ ކޮލެޖްތަކުގައިގެ ޑިގްރީ ކޯސްތަކޔގެ ފީގެ ވަރަށް ބޮޑުބައެއް ސަރުކާރުން ދައްކައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ބޭރުގެ ޔުނިވާސިޓީތަކުގެ ޕްރޮގްރާމްތަކުގެ ތެރެއިން، އެ ޕްރޮގްރާމެއްގެ ބޮޑުބައި ރާއްޖޭގައި ކިޔަވައިދޭ ނަމަ ރާއްޖޭގައި ކިޔަވާ ބައިގެ ކޯސް ފީ ވެސް، އެ އުސޫލާ އެއްގޮތަށް ހަމަޖެހިގެންދަނެ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.

އަދި ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓު ލޯނުގެ އިންޓްރެސްޓު ތިން އިންސައްތައަށްވަނީ ކުޑަކޮށްދީ ފަ އެވެ.

މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ހިލޭ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. މި ވައުދުގެ ފުއްދަން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމަށް ސަރުކާރުން ވަނީ 50 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355