twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޒުވާނުން ބޭނުންވަނީ ބަނދަރު އުތުރަށް ޖައްސާ ވެލިގަނޑު ސަރަހައްދު ފަތުރުވެރިކަމަށް ތަރައްގީކުރަން

Feb 14, 2019

ކުޅުދުއްފުށީ ވެލިގަނޑު ސަރަހައްދުގައި މިހާރު ތަރައްގީކުރާ ބަނދަރު އުތުރަށް ޖައްސާ، ވެލިގަނޑު ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީކުރަން ޒުވާނުންތަކެއް ހުށަހަޅައިފި އެވެ.

މިނިސްޓަރު އަލީ ވަހީދުގެ އެދިލެއްވުމަށް އޮޑިވެރިން އަދި ޒުވާނުންނާ ކައުންސިލުން ވަނީ ބައްދަލުކޮށް އެފަރާތްތަކުގެ ހިޔާލު ހޯދާފަ އެވެ. ކައުންސިލް އިދާރާގައި ރޭ ބޭއްވި މި ފޯރަމުގައި ޒުވާނުންގެ ފަރާތުން ކައުންސިލަށް ހުށަހެޅީ މިހާރު ވެލިގަނޑު ސަރަހައްދުގައި ތަރައްގީކުރާ ބަނދަރު، މަސްމާރުކޭޓް ސަރަހައްދަށް ޖައްސަން ށެވެ.

އެގޮތުން މިހާރު ބޭނުންކުރަމުންދާ ލޯކަލް ބަނދަރު އުތުރުން އެއާޕޯޓާ ދެމެދުގައި ބަނދަރު ތަރައްގީކުރުމަށެވެ. އެސަރަހައްދުގައި ވެލިގަނޑުގައި ތަރައްގީކުރާ ބަނދަރުގެ ސައިޒް ލިބޭނެ ކަމަށެވެ. އަދި ޒުވާނުން ވަނީ ބަނދަރު އުތުރަށް ޖައްސާއިރު ބަނދަރު އޮންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް ކައުންސިލަށް ހުށަހަޅާފަ އެވެ. އެ ކުރެހުމަށް ބަލާއިރު މިހާރު ތަރައްގީކުރާ ބަނދަރަށްވުރެ އެކުރެހުމުގައިވާ ބަނދަރު ފުރިހަމަ އެވެ.

އަދި ރައްޔިތުންގެ ހިޔާލާއެކު އެ ބަނދަރުގެ ކުރެހުމުގެ ހުރި ބައެއް ކަންތައްތައް ބަދަލުކުރެވިދާނެކަމަށްވެސް ޒުވާނުން ހުށަހެޅި އެވެ. ވެލިގަނޑު ސަރަހައްދުގެ ބީޗް ސަލާމަތްކޮށް ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްގީކުރުމަށް ޒުވާން ބޭނުންވާކަމަށްވެސް ހިޔާލު ހުށަހެޅި އެވެ. ހިޔާލު ހުށަހަޅަމުން ޒުވާނުން ބުނީ އެ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީކުރެވިއްޖެނަމަ ކައުންސިލަށް ލިބޭ އާމްދަނީ އެތަކެއް ތަނެއް މަތިވެގެންދާނެ ކަމަށާއި އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާން ބޭނުންވާ ޒުވާނުންނަށް ރަށުން ވަޒީފާ ލިބިގެންދާނެ ކަމަށެވެ.

ބަނދަރު އުތުރަށް ޖައްސާ، ކުޅުދުއްފުށީ ވެލިގަނޑުގައި ޓޫރިޒަމް ތަރައްގީކުރަން އެދެނީ!

ޒުވާނުންގެ އެ ހުށަހެޅުންތައް ހުށަހަޅަން ފެށުމުން އޮޑިވެރިންގެ ތެރެއިން ބައެއް މީހުން ހިތްހަމަ ނުޖެހުންފާޅުކޮށް އަޑުގަދަ ކުރި އެެވެ. އަދި އެމީހުން ފޯރަމް ނުނިމެނީސް އެތަން ދޫކޮށް ނުކުތުމަށްފަހު، އެތަނުން ބަަޔަކު އަލުން އަނެއްކާވެސް ހޯލަށް ވަދެ މަސްލަހަތު ނަގާލަން މަސައްކަތް ކުރި އެވެ. ޒުވާނުން ވަނީ ވާހަކަދައްކައިގެން ހައްލެއް ހޯދުމަށް އޮޑިވެރިންނަށް ދައުވަތުވެސް ދީފަ އެވެ. ނަމަވެސް އޮޑިވެރިން އެކަމަށް އިޖާބައެއް ނުދެ އެވެ.

ކައުންސިލުން ބުނީ ރައްޔިތުންގެ ހިޔާލުތައް ސަރުކާރަށް ހުށަހަޅާނެ ކަމަށެވެ. މިނިސްޓަރު އަލީ ވަހީދު ކުޅުދުއްފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވިއިރުވެސް މި ހިޔާލު ޒުވާނުން އެމަނިކުފާނަށްވެސް ހުށަހެޅި އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355