twitterviber whatsapp telegramfacebookyoutube instagram
20th February 2026

102 ދަރިވަރުންނާއެކު ކުޅުދުއްފުށީ ޤުރުއާން މުބާރާތް ފަށައިފި

Feb 15, 2019

ކުޅުދުއްފުށީ ކައުންސިލުން މުޅި ރަށްށަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޤުރުއާން ކިޔެވުމުގެ މުބާރާތް ފަށައިފި އެވެ.

އަފީފުއްދީން ސްކޫލުގައި މިރޭ މިކަމަށްޓަކާ ބޭއްވި ރަސްމިއްޔާތު އިފްތިތާހްކޮށްދެއްވީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން އެވެ.

މިމުބާރާތުގައި ކުޅުދުއްފުށީ ތިން ސްކޫލަކާއި 5 ޤުރުއާން ކުލާހަކުން 102 ދަރިވަރަކު ވާދަކުރެ އެވެ. އެއީ ބަލައިގެން ކިޔެވުން ގޮފިން 62 ދަރިވަރަކާއި ނުބަލައި ކިޔެވުމުގެ ގޮފިން 40 ދަރިވަރުންނެވެ.

މިމުބާރާތުގެ ތިން ފަނޑިޔާރުންނަކީ ފ ނިލަންދޫ، އަލިވާގެ/ އިބުރާހިމް ހުސެއިން، ފ ނިލަންދޫ، ބީޗްސައިޑް/ އަހުމަދު ޝަފީއު، އަދި ރ ހުޅުދުއްފާރު، އޯކިޑްވިލާ/ މުހައްމަދު ވަހީދެވެ.

ޤުރުއާން މުބާރާތުގައި ބައިވެރިވެފައިވަނީ ޖަލާލުއްދީން ސްކޫލް، ހދ އަތޮޅު ތައުލީމީ މަރުކަޒު އަދި އަފީފުއްދީން ސްކޫލެވެ. ޤުރުއާން ކުލާސްތަކުގެ ތެރޭގައި ހިލާލް ޤުރުއާން ކުލާސް، ބަޝާއިރުލް ޤުރުއާން ކުލާސް، އިޙްލާސް ޤުރުއާން ކުލާސް، ހިރި ޤުރުއާން ކުލާސް އަދި ޢުލޫމުލް ޤުރުއާން ކުލާހެވެ.

ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން–

 

މިމުބާރާތުގެ ކިޔެވުން މާދަމާ ހުކުރު ދުވަހުގެ ތިން ދަންފަޅީގައި އާއި ހޮނިހިރު ދުވަހުގެ ދަނފަޅިތަކުގައި ކުރިއަށްދާނެ އެވެ. މުބާރާތުގެ ނަތީޖާފާޅުކުރުން އޮންނަނީ އަންނަ ހޮނިހިރުދުވަހު ރޭގަނޑު އަފީފުއްދީން ސްކޫލު ހޯލުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355