twitterviber whatsapp telegramfacebookyoutube instagram
3rd June 2025

ޖަލާލުއްދީން ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ސްޕޯޓްސް ފެސްޓިވަލެއް !

Feb 15, 2019

ޖަލާލުއްދީން ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލެއް ފަށައިފި އެވެ.

އެ ސްކޫލުގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހަރަކާތްތައް ރަސްމީކޮށް އިއްޔެ ވަނީ ފަށާފަ އެވެ. އެގޮތުން އިއްޔެ ހެނދުނު ވަނީ ހާއްސަ އެސެމްބުލީއެއް ކުރިއަށްގެންގޮސްފަ އެވެ.

އެސެމްބުލީގެ ހާއްސަ މެހެމާނެއްގެ ގޮތުން އަފީފުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝަޒްނާ އިބުރާހިމް ވަނީ ބައިވެލައްވާފަ އެވެ.

އަަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ސްޕޯޓްސް ފެސްޓިވަލް އެވެ. ގިނަ ކުޅިވަރުތަކެއް ހިމެނިފައިވާ ސްޕޯޓްސް ފެސްޓިވަލް އިއްޔެ ފަށާފައިވާއިރު މިހަރަކާތް ހޮނިހިރުދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މި ފެސްޓިވަލްގެ ކުރިއަށްދާ ކުޅިވަރުތަކުގެ ތެރޭގައި ނެޓްބޯޅަ، ފުޓްބޯޅަ، ތްރީ ލެގް ރޭސް، ރިލޭ އަދި އެގް ރޭސް ފަދަ މަޖާ ކުޅިވަރުތައްވެސް ހިމެނެ އެވެ. މިކުޅިވަރުތަކުގައި ދަރިވަރުންގެ އިތުރުން ބެލެނިވެރިންނާއި ސްކޫލް މުވައްޒަފުންވެސް ބައިވެރިވެ އެވެ.

ޖަލާލުއްދީން ސްކޫލު ހުޅުވާފައިވަނީ 1998 ވަނަ އަހަރު ފެބްރުއަރީ މަހު އޭރުގެ ރައީސުލް ޖުމްރޫހިއްޔާ މައުމޫނު އަބުދުލް ގައްޔޫމެވެ

 

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355